07 Dec 2014, 16:51
ވެރި ރަށް މާލެ ފެނަށް ޖެހުމާ ގުޅިގެން އިންޑިއާ ސަރުކާރުން މިހާތަނަށް 475 ޓަނުގެ ފެން ދިވެހި ސަރުކާރާ ހަވާލުކޮށްފި އެވެ.
ރާއްޖޭގައި ހުންނަ އިންޑިއަން އެމްބަސީ އިން މިއަދު ބުނީ ވައިގެ މަގުން މިހާތަނަށް ގެނެސް 375 ޓަނުގެ ފުޅި ފެން ދިވެހި ސަރުކާރާ ހަވާލުކޮށްފައިވާ ކަމަށާއި އަދި އިންޑިއާގެ މަނަވަރަކުން ޖުމަލް 100 ޓަނުގެ ފެން ހަދިޔާކޮށްފައިވާ ކަމަށެވެ.
އިންޑިއަން އެމްބަސީ އިން ބުނީ ހުކުރު ދުވަހު ވައިގެ މަގުން 104 ޓަނުގެ ފެން ގެނެސްފައިވާ ކަމަށާއި އިއްޔެ ވައިގެމަގުން 183.2 ޓަނުގެ ފެން ގެނެސްފައިވާ ކަމަށެވެ. އަދި މިއަދު 92.4 ޓަނުގެ ފެން ހަދިޔާކޮށްފައިވާ ކަމަށް ވެސް އެމްބަސީ އިން ބުންޏެވެ.
އެ އެމްބަސީ އިން ބުނީ ކަނޑުގެ މަގުން އިއްޔެ އާއި އަދި އޭގެ ކުރީ ދުވަހު 100 ޓަނުގެ ފެން ހަދިޔާކޮށްފައިވާ ކަމަށެވެ.