07 Dec 2014, 16:00
ލިލީ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި އެ ކުންފުނީގެ މުވައްޒަފުންގެ ފަރާތުން 17.7 ޓަނުގެ ބޯފެން ދިވެހި ސަރުކާރުން ގާއިމު ކުރި ޓާސްކް ފޯސްއާ ހަވާލުކޮށްފި އެވެ.
ލިލީގެ ފަރާތުން ޓާސްކް ފޯސް އާ 17،700 ލީޓަރުގެ ފުޅިފެން ޓާސްކް ފޯސް އާ އިއްޔެ ހަވާލު ކުރީ ލިލީ އިންޓަނޭޝަނަލްގެ އާމިރު މަންސޫރެވެ.
އެ ކުންފުނިން ބުނީ ލަންކާ އިން ގެނައި އެ ފެން ހަވާލު ކުރުމަށް ކުރިން އޮތީ މިއަދު ކަމަށާއި ނަމަވެސް މައްސަލައިގެ ހައްސާސު ކަމާ އެކު އިއްުޔެ އެ ފެން ގެނެސް ދިވެހި ސަރުކާރާ ހަވާލުކޮށްފައިވާ ކަމަށެވެ.