07 Dec 2014, 14:56
މޯލްޑިވް ގޭސްގެ ފަރާތުން ނުކުޅެދުންތެރިކަން ހުންނަ މީހުން ދިރިއުޅޭ ގެތަކަށް ފެން ފޯރުކޮށްދޭން ފަށައިފިއެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން މޯލްޑިވް ގޭސްގެ އޮފިޝަލަކު ވިދާޅުވީ 2500 ލިޓަރުގެ ފެނާއެކު ޕިކަޕެއްގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގެއަށް ފެން ފޯރުކޮށްދިނުމުގެ މަސައްކަތް މޯލްޑިވް ގޭސް އިން ފަށާފައިވާ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ އެމްއެންޑީއެފްއާ ގުޅިގެން މާލޭގެ އެކި ސަރަހައްދުތަކުގައި ފެން ފޯރުކޮށް ދިނުމުގެ މަސައްކަތް އެތަނުގެ މުވައްޒަފުން އިއްޔެއެކޭ އެއްގޮތަށް މިއަދު ވެސް ކުރަމުން އަންނަ ކަމަށެވެ. އަދި އިއްޔެ އެކަނި ވެސް 10 ޓަނުގެ ފެން ދޫކޮށްފައިވާ ކަމަށާއި މިއަދު ފެން ފޯރުކޮށްދެވޭ މިންވަރު އެއަށް ވުރެ އިތުރުވެގެންދާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ތިލަފުއްޓާއި ތިލަފުށީ ބަނަދަރުގައި ތިބި އުޅަނދުތަކަށް ވެސް މޯލްޑިވް ގޭސް އިން އަންނަނީ ފެން ފޯރުކޮށްދެމުންނެވެ.