07 Dec 2014, 14:30
މާލޭގެ މަގުތައް އަމާންތަނަކަށް ހެދުމަށްޓަކައި އެންމެ ޒިންމާދާރު ކަމާ އެކު މަސައްކަތް ކުރުން މުހިންމު ކަމެއް ކަމުގައި ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ނައިބް ރައީސް މިހެން ވިދާޅުވެފައި ވަނީ ރޭ ދަންވަރު މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ ޒުވާނާގޭ އާއިލާއާ ބައްދަލުކުރުއްވުމަށް ސ. މަރަދޫ އަހުމަދު މަފާޒު (މަފާ)ގެ އާއިލާ އާ ބައްދަލުކޮށްލެއްވުމަށް ފަހު މިއަދު ކުރައްވާފައިވާ ޓުވީޓެއްގަ އެވެ. ނައިބް ރައީސް ވަނީ މާލޭގެ މަގުތައް އަމާންތަނަކަށް ހެދުމަށް އެންމެން ސަމާލުވުމަށް ވެސް އެދިވަޑައިގެންފަ އެވެ.
"މާލޭގެ މަގުމަތި އަމާންތަނަކަށް ހެދުމަށް އަޅުގަނޑުމެން އެންމެން ޒިންމާދާރުވުން މުހިންމު،" ނައިބް ރައީސް ވިދާޅުވެފައިވެ އެވެ.
ނައިބް ރައީސް އޭޑީކޭ އަށް މިއަދު ކުރެއްވި އެ ޒިޔާރަތުގައި އިއްޔެ މާލޭގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހުންގެ އާއިލާތަކާ ވެސް ވަނީ ބައްދަލުކުރައްވައިފަ އެވެ.
ރޭގަ ހިނގި އެ އެކްސިޑެންޓާ ގުޅިގެން ފުލުހުންގެ ތަހުގީގުތައް ކުރިއަށް ގެންދާއިރު މިހާތަނަށް އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކުރި ކަމެއް އަދި ނުކުރާ ކަމެއް ވެސް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.