ރައްޔިތުން މަޖިލިސް އިދާރާ ކައިރީ ހުންނަ އަލޯރާ ފިހާރަ ސަރަހައްދުން ޒުވާނަކަށް ތޫނުއެއްޗަކުން ހަމަލާދީ މަރާލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ 'ސަން' އަށް ވިދާޅުވީ އުމުރުން 28 އަހަރުގެ އެ ޒުވާނާ މަރުވެފައިވާ ކަމަށް އޭޑީކޭ ހޮސްޕިޓަލްގައި އޭނާ ބެއްލެވި ޑޮކްޓަރު މައުލޫމާތު ދީފައިވާ ކަމަށެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ އެ ޒުވާނާ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ މިރޭ 1:45 އެހައިކަންހާއިރު ކަމަށާއި އެމީހާ ހޮސްޕިޓަލަށް ގެދިޔައީ މަގުމަތިން ޓެކްސީއެއް ހުއްޓުވުމަށްފަހު ފުލުހުންގެ އެހީތެރިކަމާއެކު އެ ޓެކްސީގައި ކަމަށެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.