06 Dec 2014, 23:46
ހޮޅިދަނޑިއެއްގައި ޖެހި ހުޅުމާލެ އާއި ހުޅުލެއާ ދެމެދު ދުއްވާ މެޓްރޯ ބަސް އެކްސިޑެންޓުވެއްޖެ އެވެ.
"ސަން"އާ ވާހަކަދައްކަވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ ހޮޅިދަނޑިއެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި ބަހުގައި ތިބި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ. މިރޭ އިރާކޮޅު އެ އެކްސިޑެންޓް ހިނގީ ހުޅުލޭއިން ފަސިންޖަރުން ނަގައިގެން ހުޅުމާލެ ދަނިކޮށް ކަމަށް ފުލުހުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި މި އެކްސިޑެންޓުގައި ބަހުގެ ފަހަތު ދޮރުގެ ބިއްލޫރިގަނޑު ވަނީ ތަޅައިގެން ގޮސްފަ އެވެ.