01 Feb 2011, 00:08
1 ފެބްރުއަރީ 1934- މޮޓަރު ބޯޓުން ކަރައަށް ވަޑައިގެންނެވި ބޭފުޅުން މާލެ ގެންނަވައި މާލޭ ބަނދަރުގައި ބައިތިއްބަވައިގެން އެބޭފުޅުން އެކި ރަށްރަށަށް ތިން މަސްދުވަހަށް އަރުވާލަން ނިންމެވި އެވެ.
1 ފެބްރުއަރީ 1934- ޑޮކްޓަރީ ބޭސް ރައްޔިތުންނަށް ހިލޭ ދެއްވާ ގޮތަށް ހަމަޖެއްސި އެވެ.
1 ފެބްރުއަރީ 1961- ވުޒާރަތުއްތިޖާރާ ވައްތަމްވީން އުވާލި އެވެ.
1 ފެބްރުއަރީ 1962- ރާއްޖެތޭރޭ މީހުން މާލޭގައި އިމްޕޯޓް މުދަލުގެ ވިޔަފާރި ކުރުމަކީ މަނާ ކަމެއް ކަމުގައި އިއުލާން ކުރި އެވެ.
1 ފެބްރުއަރީ 1969- މ. ރަތްމަންދޫއަކީ ފަޅުރަށެއް ކަމަށް ހަމަޖެއްސި އެވެ.
1 ފެބްރުއަރީ 1981- ކ. ކަނަވަށް ހުރާގައި ލޭޒާ އައިލެންޑްގެ ނަމުގައި ޓޫރިސްޓް ރިސޯޓެއް ހުޅުވި އެވެ.
1 ފެބްރުއަރީ 1987- ރާއްޖޭން ބޭރުގައި ދަތުރުކުރާ ދިވެހިންނަށް ސީޑީސީ ދޫކުރަން ފެށި އެވެ.
1 ފެބްރުއަރީ 1987- މާލޭގައި ރަޖިސްޓްރީކުރާނެ ގެއެއް ނެތް މީހުން މާލޭ މުނިސިޕަލްޓީ ހާއްސަ ދަފުތަރުގައި ރަޖިސްޓްރީކުރާ ގޮތަށް ހަމަޖެއްސި އެވެ.
1 ފެބްރުއަރީ 1988- ލިމިޓެޑް ލައިބިލިޓީ ކުންފުންޏާބެހޭ ގަރާރެއް އެކަށައަޅުއްވައި ރަސްމީ ގޮތުން ރައީސް މައުމޫން ސޮއިކުރެއްވެވި އެވެ.
1 ފެބްރުއަރީ 1992- ދިރާގް ޕޭޖިން ހިދުމަތް ދޭން ފެށި އެވެ.
1 ފެބްރުއަރީ 1994- ޑިޕާޓްމަންޓް އޮފް ފިޒިކަލް ޕްލޭނިން އެން ޑިޒައިން އުވާލި އެވެ.
1 ފެބްރުއަރީ 1995- މަސްޖިދުއް ބަހާއުއްދީން ، މާވެޔޮ މިސްކިތް އަލުން އިމާރާތް ކުރުމަށްފަހު ހުޅުވި އެވެ.
1 ފެބްރުއަރީ 1998- މޯލްޑިވްސް ޓޫރިޒަމް ޕްރޮމޯޝަން ބޯޑް އުފެއްދެވި އެވެ.
1 ފެބްރުއަރީ 1999- ހަމިންބާޑް ހެލްކޮޕްޓަރު ރާއްޖޭގައި ބޭނުން ކުރުން މުޅިން މަނާކުރި އެވެ.
1 ފެބްރުއަރީ 1999- ހެދި ގޮނޑުދޮށުގައި ލައިފްގާޑުން ތިބޭ ގޮތަށް ހަމަޖެއްސެވި އެވެ.
1 ފެބްރުއަރީ 2000- ރާއްޖޭގައި ފުރަތަމަ ފަހަރަށް އަންހެނަކަށް ކުޑަކަތީބުކަން ދެއްވި އެވެ.
-- މައުލޫމާތު: ގަރުނުގެ ފޮތް، އަދި ސަން އާކައިވްސް