06 Dec 2014, 19:42
ގއ. މާމެންދޫގައި މޫދަށް އެރި އުޅުނު ފުރާވަރު ކުއްޖަކު ގެނބިގެން މަރުވެއްޖެ އެވެ.
ފުލުހުން ބުނީ މިއަދު ހަވީރު 3:45 ހާއިރު މޫދަށް ދިޔަ އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖަކު ގެއްލިގެން ހޯދަމުން ދަނިކޮށް، މޫދުގައި މަރުވެފައި އޮއްވާ ފެނުނީ މިއަދު ހަވީރު 4:30 އެހާކަންހާއިރު ކަމަށެވެ. އެ ކުއްޖާ ހޯދާފައި ވަނީ ރަށުގެ ރައްޔިތުންނާއި ފުލުހުންނާއި ސިފައިން ކުރި މަސައްކަތުން ކަމަށް ފުލުހުން ބުންޏެވެ.
އެ ކުއްޖާ މޫދުން ނަގައިގެން އެންމެ ފުރަތަމަ ގެންދިޔައީ މާމެންދޫ ސިއްހީ މަރުކަޒަށެވެ. މާމެންދޫ ސިއްހީ މަރުކަޒުގެ ޑޮކްޓަރުންގެ ލަފާގެ މަތިން އެ ކުއްޖާ ގއ. ވިލިނގިލީގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ އެވެ.
މެންދޫ ސިއްހީ މަރުކަޒަށް ގެންދިއުމުން ޑޮކްޓަރުންގެ ލަފާގެ މަތިން ސިފައިންގެ ލޯންޗެއްގައި އެ ކުއްޖާ އެ އަތޮޅު ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. ވިލިނގިލީ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އެ ކުއްޖާ މަރުވެފައިވާ ކަމަށް އެ ހޮސްޕިޓަލުގެ ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުންޏެވެ.