Last Updated:
1 decade 12 month ago

އެކްސިޑެންޓުގައި ޒަހަމްވި ކުޑަކުއްޖާ މަރުވެއްޖެ

    ބުލޮގު ޚުލާސާ
    ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ޕިކަޕެއް ކޮންޓްރޯލު ނުވެ ގޮސް ސައިކަލްތަކަކާއެކު ކާރެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި ފަސް މީހަކަށް އަނިޔާވެއްޖެ އެވެ. އޭގެ ތެރޭގައި ހަތަރު އަހަރުގެ ކުޑަކުއްޖަކާއި އަންހެނަކު ވެސް ހިމެނެ އެވެ.

    އެ އެކްސިޑެންޓް ހިނގީ މާޖީދީމަގުން ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ޕިކަޕެއް ނިރޮޅު މަގަށް ވަންނަން އުޅެނިކޮށް ކޮންޓްރޯލު ނުވެގޮސް ސައިކަލްތަކާއެކު ޕާކުކޮށްފައި އޮތް ކާރެއްގައި ޖެހިގެންނެވެ.

    "ސަން"އަށް އެނގިފައިވާ ގޮތުގައި އެ އެކްސިޑެންޓުގައި ޒަހަމްވި އެކަކަށް ދަނީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުންނެވެ.

    މިއަދު ހަވީރު 5:35 ހާއިރު މަޖީދީމަގާއި ނިރުޅުމަގާ ގުޅޭ ހިސާބުގައި ހިނގި އެ އެކްސިޑެންޓުގައި ފަސް މީހަކަށް އަނިޔާވެ، އަށް ވެހިކަލަކަށް ވަނީ ގެއްލުން ލިބިފަ އެވެ. އެ ގޮތުން ދުއްވާފައި ދިޔަ ތިން ސައިކަލަކާއެކު، ޕާކުކޮށްފައި ހުރި ތިން ސައިކަލެއްގައި ވެސް ކޮންޓްރޯލުން ނައްޓައިގެން ދިޔަ ޕިކަޕު ޖެހުނެވެ. އަދި ޕާކުކޮށްފައި އޮތް ކާރެއްގައި ވެސް އެ ޕިކަޕު ޖެހުނެވެ.

    ހަ ސައިކަލަކާއި ކާރެއްގެ އިތުރުން ޕިކަޕަކަށް ވަނީ ގެއްލުންވެފަ އެވެ.

    މަޖީދީމަގާއި ނިރޮޅުމަގާ ގުޅޭ ހިސާބުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ބައެއް ވެހިކަލްތަކަށް ގެއްލުންވެފައި-- ސަން ފޮޓޯ/ މަމްދޫހް
    ސަން އަށް އެނގިފައިވާ ގޮތުގައި އެ އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާއަކީ ސައިކަލުގައި ދުއްވާފައި ދިޔަ މީހެކެވެ. އޭނާ އޭނާއަށް ސީރިއަސް ޒަހަމްތަކެއް ލިބިފައިވާ ކަމަށްވެ އެވެ.

    މަޖީދީމަގާއި ނިރޮޅުމަގާ ގުޅޭ ހިސާބުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ބައެއް ވެހިކަލްތަކަށް ގެއްލުންވެފައި-- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

    (ތަފްސީލު އަންނަނީ..)
    00:39

    އެކްސިޑެންޓުގައި އަނިޔާވެގެން ފަރުވާދެމުންދާ ބައެއް މީހުންނާއި އާއިލާތަކުގެ ހާލު ބައްލަވާލެއްވުމަށް ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް އޭޑީކޭ ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވައިފި.

    ރައީސް ޔާމިން މިރޭ ދަންވަރު އޭޑީކޭއަށް ކުރެއްވި ޒިޔާރަތުގައި އޭޑީކޭ ޗެއާމަން، އަދި ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު އަހުމަދު ނާޝިދާ (އޭޑީކޭ ނާޝިދު) ވެސް ބައްދަލު ކުރެއްވި.

    23:37

    އެކްސިޑެންޓްގައި ޒަހަމްވި އުމުރުން 30 އަހަރުގެ ފިރިހެން މީހާގެ ބޮލުގެ ސާޖަރީއަށްފަހު މިހާރު އޮތީ ވެންޓިލޭޓަރުގެ އެހީގައި. އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަފްއާލް ވިދާޅުވީ އޭނާގެ ބޮލަށް އެޅިފައި ހުރި ލޭ ސާފުކުރުމަށްފަހު އޮޕަރޭޝަން ތިއޭޓަރުން ނެރުމަށްފަހު އައިސީޔޫގައި ބާއްވާފައިވަ ކަމަށް.
    23:32

    22:01އޭޑީކޭ ހޮސްޕިޓަލުން

    ފަރުވާދެމުން ދަނިކޮށް މަރުވި ޝަދުވާންގެ ބައްޕަގެ މޭކަށިގަނޑުން ބައެއް ބިންދައިގެން ގޮސް، މައިބަދައަށް ގެއްލުންވެފައިވޭ. އަދި ކަނައަތް ވެސް ވަނީ ބިންދައިގެން ގޮސްފައި.
    20:08

    ލިބުނު ޒަހަމްތަކަށް ފަރުވާދެމުން ދަނިކޮށް މަރުވެފައި ވަނީ ހއ. ކެލާ، ޝަދުވާން ޝާފިއު، 4
    19:57އޭޑީކޭ ހޮސްޕިޓަލުން

    އެކްސިޑެންޓުގައި ލިބުނު ޒަހަމްތަކަށް ފަރުވާދެމުން ދަނިކޮށް މަރުވި ކުޑަކުއްޖާގެ ބައްޕައަށް ވެސް ވަނީ ސީރިއަސް ޒަހަމްތަކެއް ލިބިފައި. އެކްސިޑެންޓުގައި ލިބުނު އެ ޒަހަމްތަކަށް ފަރުވާދިނުމަށްޓަކައި "އޭ ޕޮޒިޓިވް" ލޭ ބޭނުންވާ ކަމަށް އާއިލާއިން ބުނޭ.

    19:57

    ބާރު ސްޕީޑެއްގައި ޕިކަޕް ދުއްވި ޑްރައިވަރު ފުލުހުން ހައްޔަރުކޮށްފި. އޭނާ ދުއްވި ވެހިކަލް ވެސް ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި
    19:45އޭޑީކޭ ހޮސްޕިޓަލުން

    އެކްސިޑެންޓުގައި އަނިޔާވި ކުޑަކުއްޖާ މަރުވެއްޖެ. އެކަން "ސަން"އަށް ކަށަވަރުކޮށްދިނީ އެ ކުއްޖާގެ އާއިލާއިން.
    19:33

    އެކްސިޑެންޓުގައި އަނިޔާވި ހަތަރު އަހަރުގެ ކުޑަކުއްޖާ އާއި ދެ ފިރިހެނަކު ސީރިއަސް ހާލަތުގައިވާ ކަމަށް އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަފްއާލް ވިދާޅުވި
    19:22
    19:12

    އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން އެކަކަށް އޭޑީކޭ ހޮސްޕިޓަލުން ފަރުވާދިނުމަށް ދޫކޮށްލައިފި. ދޫކޮށްލާފައި ވަނީ އުމުރުން 56 އަންހެނެއް.
    18:59

    އެކްސިޑެންޓްގައި ޒަހަމްވި ތިން މީހަކު އަދިވެސް ހޭނާރާ ކަމަށް މައުލޫމާތު ލިބޭ.
    18:54

    އެކް،ސިޑެންޓްގައި އަނިޔާވި ފަސް މީހުންގެ ތެރޭ ހިމެނެނީ ހަތަރު އަހަރުގެ ކުޑަ ފިރިހެން ކުއްޖެއްގެ އިތުރުން ދެ އަންހެނަކާއި އުމުރުން 38 އަހަރުގެ ފިރިހެނަކާއި 30 އަހަރުގެ ފިރިހެނެކެވެ.
    18:44އޭޑީކޭ ހޮސްޕިޓަލުން

    އެކްސިޑެންޓުގައި އަނިޔާވި ހަތަރު އަހަރުގެ ކުޑަ ފިރިހެން ކުއްޖަކަށް ދަނީ އޭޑީކޭ އައިސީޔޫގައި ދަނީ ފަރުވާ ދެމުން. އެ ކުއްޖާގެ އިތުރުން އެހެން މީހަކަށް ވެސް ދަނީ އައިސީޔޫގައި ފަރުވާދެމުން.