އިބްރާހިމް ނާސިރު އިންޓަނޭޝަނަށް އެއާޕޯޓް (އައިއެންއައިއޭ)އަށް ޖެއްސި އިއްތިހާދު އެއާވޭސްގެ މަތިންދާ ބޯޓެއްގެ ހައިޑްރޯލިކް ފޭލްވެ، ދެ ގަޑިރަށް ރަންވޭ ބަންދު ކުރުމަށްފަހު އަލުން ހުޅުވައިފި އެވެ.

އައިއެންއައިއޭގެ ރަންވޭ މިއަދު ބަންދު ކުރީ މެންދުރުފަހު ތިނެއް ޖަހަން އުޅެނިކޮށެވެ. ރެންވޭ އަލުން ހުޅުވާފައި ވަނީ ހަވީރު ފަހެއް ޖެހިފަހުންނެވެ.

ހުޅުލެއަށް ޖެއްސި އިއްތިހާދު އެއާވޭސްގެ ހައި ޑްރޯލިކް ފެއިލްވުމުން، އެ މަންތިންދާ ބޯޓު ވަރަށް ގިނައިރު ވަންދެން ހުޅުލޭ ރަންވޭގައި ބާއްވާފައި އޮތެވެ. އަދި އެ ބޯޓުގެ ހައިޑްރޯލިކް ފެއިލްވާން ދިމާވި ސަބަބެއް އަދި ސާފުވާގޮތެއް ނުވެ އެވެ.