ހަށިގަނޑުގައި ޖަހާފައި ހުންނަ ސަރުބީތައް ނައްތާލުމަކީ ކުރަން އެހާ ފަސޭހަކަމެއް ނޫނެވެ. ސަބަބަކީ މިއީ ވަރަށް ގިނަދުވަސްތަކެއް ހޭދަކޮށް، ކެތްތެރިވެގެން ކުރެވޭ ކަމަކަށް ވުމެވެ. ހަށިގަނޑުގައި ސަރުބީތައް ޖެހުމުގެ މެދުވެރިޔަކީ ވެސް ކާނާ އެވެ. ހަމައެއާ އެކު ހަށިގަނޑުން ސަރުބީތައް ނައްތާލުމަށް ވެސް ކާނާގެ ބޭނުންކުރެވިދާނެ އެވެ. އެގޮތުން މި ލިޔުމުގައި އަލިއަޅުވާލާނީ ހަށިގަނޑުން ސަރުބީތައް ވިރުވާލަދޭ ކާނާތަކަށެވެ.
އޯޓްސް
އޯޓްސްއަކީ މީރު ކާނާއެއްގެ އިތުރުން ބަނޑުހައިވުމުން ދުރުކޮށްދޭ ކާނާގެ ބާވަތެކެވެ. މީގައި ހިމެނޭ ފައިބާރގެ ސަބަބުން ހަށިގަނޑުގައި ކޮލެސްޓްރޯލްގެ މިންވަރު އެއްވަރެއްގައި ހިފަހައްޓައި ދިނުމަށް އެހީތެރިވެދެއެވެ.
ބިސް
ބިހަކީ ޕްރޮޓީންސް އިން މުއްސަނދިވެފައިވާ އަދި ކެލެރީސްގެ މިންވަރު މަދުން ހިމެނޭ ބާވަތެކެވެ. ވުމާ އެކު ބިސް ބޭނުންކުރުމުން ހަށިގަނޑުގެ މަސްތައް ވަރުގަދަވެ،ކޮލެސްޓްރޯލްގެ މިންވަރު ދަށްކޮށްދެ އެވެ.
އާފަލު
އާފަލަކީ ބާރުގަދަ އެންޓިއޮކްސިޑެންޓްގެ މާއްދާތަކުން މުއްސަނދިވެފައިވާ ކާނާއެކެވެ. މީގައި ހިމެނޭ ޕެކްޓިންގެ ސަބަބުން ހަށިގަނޑުގައިވާ ސަރުބީގެ ސެލްސްތައް މަދުކުރުމަށް އެހީވެދެ އެވެ.
ފެހި މިރުސް
ފެހި މިރުހުގައި ހިމެނޭ ކެޕްސައިކިންގެ ސަބަބުން ހަށިގަނޑު ހެދިބޮޑުވުމަށް އެހީތެރިވެދޭ ސެލްސްތައް އިތުރުވެ، ކެލެރީސް މިންވަރު ދަށްކޮށްދީ އަދި ސަރުބީތައް އަވަހަށް ނައްތާލަ އެވެ.
އިނގުރު
އިނގުރުގައި ހިމެނޭ އެލިސިންގެ މާއްދާއަކީ ސަރުބީތަކާއި ކޮލެސްޓްރޯލް ނައްތާލާ މާއްދާއެކެވެ.
މާމުއި
މާމުއިއަކީ ސަރުބީތައް ނައްތާލުމަށް އެންމެ ރަނގަޅު ކާނާއެވެ. މި ބޭނުންކުރަން އެންމެ ރަނގަޅީ ހޫނުފެން ފޮދަކާއި އެކު ހެނދުނުގެ ވަގުތުގަ އެވެ.
ފެހިސައި
މިއީ ބަރުދަން ލުއިކުރުމަށް އެންމެ ފައިދާހުރި އެއްބާވަތެކެވެ. ކޮންމެ ދުވަހަކު މީގެ ދެ ސައިތަށި ބޭނުންކުރާ ނަމަ އަަވަހަށް ބަރުދަން ލުއިވެގެން ދާނެ އެވެ.
ގޮދަން ވިނަ
މިއީވެސް ހަށިގަނޑުގައި ހުންނަ ސަރުބީތައް ނައްތާލުމަށް އެހީތެރިވެދޭ ބާވަތެކެވެ.
ވިލާތުބަށި
ވިލާތުބަށި ނުވަތަ ޓޮމާޓޯއަކީވެސް ހަށިގަނޑުގައި ޖަހާފައި ހުންނަ ސަރުބީތައް ނަައްތާލާ ބާވަތެކެވެ. އަދި ހަމައެހެންމެ މިއީ ކެންސަރުގެ ބައްޔާވެސް ދުުރުކޮށްދޭ ކާނާއެކެވެ. ވުމާ އެކު ކޮންމެ ދުވަހަކު ވެސް ކެއުމުގައި ވިލާތުބަށި ހިމަނާށެވެ.
ޑާކް ޗޮކްލެޓް
ޗޮކްލެޓްގެ ވަތްތަރު ތަކުގެ ތެރެއިން ޑާކްޗޮކްލެޓްގައި ހިމެނޭ ފްލެވޮނޮއިޑްސް ގެ ސަބަބުން ހަށިގަނޑުން ކޮލެސްޓްރޯލްގެ މިންވަރު ދަށްކޮށްދެއެވެ. އަދި ސަރުބީތައްވެސް ނައްތާލަދެއެވެ.
މަސްދަރު: ހެލްތް ޑައިޖެސްޓް