06 Dec 2014, 15:11
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސްގެ މަގާމު ވީ ޓީވީގެ ސީއޯއޯ މުހައްމަދު އާސިފު އަދި ނާއިބު ރައީސްގެ މަގާމު، މީޑިއާ ކައުންސިލްގައި އާންމުން ތަމްސީލު ކުރައްވާ، ދަފުތަރު، އަހުމަދު ޝަރީފް ނަފީސް ކާމިޔާބުކޮށްފި އެވެ.
މިއަދު މީޑިއާ ކައުންސިލްގެ އޮފީހުގައި ބޭއްވި އިންތިހާބުގައި މޮންދު އަށް ލިބިފައި ވަނީ 15 މެންބަރުންގެ ކައުންސިލްގެ 14 ވޯޓެވެ. ޝަރީފަށް 12 ވޯޓެވެ. ޝަރީފާ އެކު ނާއިބު ރައީސްގެ ގޮނޑި އަށް ވާދަ ކުރެއްވި ހ. މައިދާން މުހައްމަދު މުރާދަށް ދެ ވޯޓެވެ.
މިއީ ތިން ވަނަ ދައުރުގެ މީޑިއާ ކައުންސިލްގެ ރައީސް އާއި ނާއިބު ރައީސްގެ މަގާމަށް މުންދު އާއި ޝަރީފު އިންތިހާބު ކުރި ދެ ވަނަ ފަހަރެވެ. ފުރަތަމަ ފަހަރަށް އެ ދެ ބޭފުޅުން އެ މަގާމަށް އައްޔަން ކުރުމަށް ފަހު އެ ބައްދަލުވުމަކީ ގާނޫނީ ގޮތުން ސައްހަ ބައްދަލުވުމެއް ނޫން ކަމަށް ނިންމައި އެ ބައްދަލުވުން ބާތިލު ކުރި އެވެ. ދެ ވަނަ ފަހަރަށް އިންތިހާބު ބޭއްވީ މިއަދު އެވެ.