މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކުރިމަތިވެފައިވާ ފެނުގެ ދަތިކަމާ ގުޅިގެން، މޯލްޑިވިއަން އިން އެ އެއާލައިންގެ މަތިންދާބޯޓެއްގައި އިންޑިއާގެ ޗެންނާއީ އިން މާލެއަށް ފެން ގެންނަން ފަށައިފިއެވެ.

މޯލްޑިވިއަން އިން ބުނީ އެ އިންޑިއާގެ ޗެންނާއީއަށް ދަތުރުކުރާ އެއާލައިންގެ އޭ320 މަތިންދާބޯޓް(އެ އެއާލައިންގެ އެންމެ ބޮޑު ބޯޓް)ގެ ކާގޯ ސްޕޭސް މިހާރު ހާއްސަކޮށްފައި ވަނީ ފެން ގެނައުމަށް ކަމަށެވެ. އެގޮތުން ރޭގައި ފުޅީގައި ބަންދުކޮށްފައިވާ 130 ކޭސް ފެން ގެނެސްފައިވާ ކަމަށް މޯލްޑިވިއަން އިން ބުންޏެވެ. އަދި ބުނީ މިރޭ އެ ބޯޓް ޗެންނާއީ އިން ރާއްޖެއަށް ކުރާ ދަތުރުގައި ފަސް ޓަނުގެ ފެން ގެންނާނެ ކަމަށެވެ.

ފުޅީގައި ބަންދުކޮށްފައިވާ ބޯފެން ޗެންނާއީ އިން މާލެއަށް ގެންނަނީ އެމްއެންޑީއެފާ ގުޅިގެން ކަމަށް ވެސް މޯލްޑިވިއަން އިން އެ އެއާލައިންގެ ފޭސްބުކް ޕޭޖްގައި ބުނެފައި ވެއެވެ.