06 Dec 2014, 12:50
ގިނަ އަދަދެއްގެ ބަނގުރާފުޅިތަކެއް ހިފައިގެން ސައިކަލެއްގައި ދިޔަ ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ 23 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ ފިރިހެނެއް ކަމަށެވެ.
އެ ދެމީހުން ހައްޔަރުކޮށްފައި ވަނީ ސައިކަލެއްގައި ފޮށިގަނޑުތަކެއް ހިފައިގެން ދަނިކޮށް އިއްޔެގެ ހަވީރުގެ ވަގުތެއްގައި ކަމަށެވެ. އަދި އެމީހުން ގެންދިޔަ ދެ ފޮށިގަނޑެއް ބަލައިފާސްކުރިއިރު 21 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.