މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސާއި ނާއިބު ރައީސްގެ މަގާމަށް މަގާމަށް ބޭފުޅުން އައްޔަން ކުރުމަށް ބޭއްވި ބައްދަލުވުން ބާތިލުކޮށްފި އެވެ.

މުހައްމަދު އާސިފް (މޮންދު) އަދި ނާއިބު ރައީސް އަކަށް ޝަރީފް ނަފީސް ހޮވި ބައްދަލުވުން ބާތިލު ކުރީ އެ ބައްދަލުވުން ބޭއްވީ ގާނޫނާ ހިލާފަށް ބޭއްވި ބައްދަލުވުކަށްވާތީ ކަމަށް ކައުންސިލްގެ މެންބަރަކު ސަން އަށް ވިދާޅުވި އެވެ. އެ ކައުންސިލަށް ރައީސަކާއި ނާއިބު ރައީސަކު ހޮވުމަށް ބާއްވާ ބައްދަލުވުން މިއަދު 14:00 ގައި އޮންނާނެ ކަމަށް ވެސް އެ މެމްބަރު ވިދާޅުވި އެވެ.

މީޑީއާ ކައުންސިލަކީ 15 މެމްބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލެކެވެ. އެ ކައުންސިލްގައި މީޑިއާތަކުން ތަމްސީލު ކުރާ އަށް މެމްބަރަކާއި އާންމުންގެ ތެރެއިން ހަތް މެމްބަރުން ތިއްބަވަ އެވެ.