ރ. އިންނަމާދޫ ރަށު ކައުންސިލަށް ކުރިމަތިލެއްވި އެމްޑީޕީ ކެންޑިޑޭޓް އިންނަމާދޫ ފިނިވާގޭ އިބްރާހީމް ހަލީމްގެ ނަން ބާތިލްކުރުމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މޝަރީއަތް ހިނގާ ދިޔަގޮތް ސިއްރު ކުރުމަށް ހަލީމް ކޯޓުގައި އެދިގެން އެ މައްސަލައިގެ ވާހަކަ މީޑިއާގައި އާންމު ނުކުރުމަށް ސުޕްރީމް ކޯޓުން އެންގި މި މައްސަލައކީ ހަލީމްގެ ޝަރުތު ހަމަނުވާ ކަމަށް ބުނެ އިލެކްޝަނުން އޭނާގެ ނަން ބާތިލް ކުރަން ހުށަހެޅި މައްސަލަ އެކެވެ.
މި މައްސަލައިގެ ޝަރީއަތުގެ މަޖިލިސް ރިޕޯޓް ނުކުރުމަށް ސުޕްރީމް ކޯޓުން އެންގީ ހަވީރު ނޫހުގެ ޒުވާން ނޫސްވެރިޔާ ހާރިޝަށެވެ.