05 Dec 2014, 10:19
އިސްލާމިކް ކެޕިޓަލް މާކެޓިންއާ ގުޅޭ ގޮތުން ބޭއްވި ފަސް ދުވަހުގެ ޓްރޭނިންގް ކޯސް ނިމި ބައިވެރިންނަށް ސެޓްފިކޭޓް ދީފި އެވެ.
އިސްލާމިކް މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތަށް ފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އައިޝަތު މުނީޒާ ވިދާޅުވީ ކޯހުގެ ބައިވެރިންނަށް މައުލޫމާތު ދިނީ އިސްލާމިކް ކެޕިޓަލް މާކެޓިންއާ ގުޅޭ ގޮތުންނާއި އިސްލާމިކް ފައިނޭންސްއާ ގުޅޭ ގޮތުން ކަމަށެވެ.
އެ ކޯހުގެ މަގްސަދަކީ އިސްލާމިކް ކެޕިޓަލް މާކެޓިންއާ ގުޅޭ ގޮތުން ރާއްޖޭގައި އިންސާނީ ވަސީލަތް ތަރައްގީ ކުރުން ކަމަށް މުނީޒާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ދުނިޔޭގައި އިސްލާމިކް ފައިނޭންސް އޮންނަތާ ކިތަންމެ ދުވަހެއްވެއްޖެ ކަމަށާއި އެހެން ނަމަވެސް ދިވެހިރާއްޖެ އަށް އެކަން ތައާރަފުވިތާ މާ ގިނަ ދުވަސްތަކެއް އަދި ނުވާ ކަމަށެވެ. އެހެންކަމުން ދުނިޔޭގައި މިކަން ކުރާ ފެންވަރަށް މީހުން ތަމްރީން ކުރުމަކީ މި ކޯހުގެ މައިގަނޑު އަމާޒް ކަމަށް އެކަމަނާ ވިދާޅުވި އެވެ.
"މިކޯހުގައި މައުލޫމާތު މިދެވުނީ އިސްލާމިކް ކެޕިޓަލް މާކެޓިންއާއި ގުޅޭ ގޮތުންނާއި އިސްލާމިކް ފައިނޭންސްއިން ޖެނެރަލް. ދެން މި ކޯހުގެ މައިގަނޑު މަގްސަދަކީ ޕިޓަލް މާކެޓިންއާ ގުޅޭގޮތުން ރާއްޖޭގެ އިންސާނީ ވަސީލަތް ތަރައްގީކުރުން." މުނީޒާގެ ވާހަކަފުޅުގައި ވަނީ ވިދާޅުވި އެވެ.
އެކަމަކީ 2011 ވަނަ އަހަރުން ފަށައިގެން އިސްލާމިކް ރިސާޗް އެންޑް ޓްރޭނިން އިންސްޓިޓިއުޓް (އިރްތީ) އާ ގުޅިގެން ކުރިއަށް ގެންދާ ކޯހެކެވެ.
މި ކޯހުގައި ކިޔަވާދެއްވީ ބޭރުގެ ތަޖުރިބާކާރަކާއި އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އައިޝަތު މުނީޒާ އެވެ. މީގެއިތުރުން މި ކޯހުގައި ރާއްޖެއިން ބެރުގެ ހަތަރު ގައުމަކުން ވަނީ ބައިވެރިވެފައި އެވެ. އެގޮތުން މެލޭޝިއާ އާއި ތުރުކީއާއި އިންޑަނޭޝިއާގެ އިތުރުން ބުރޫނާއި ވަނީ މި ކޯހުގައި ބައިވެރިވެފައި އެވެ.