04 Dec 2014, 17:53
އޮރިޔާން ކާޑު ގެންގުޅުމުގެ ކުށް ސާބިތުވުމާ ގުޅިގެން ގާރީ ހުސައިން ތައުފީގު 43،453 ރުފިޔާ އިން ޖޫރިމަނާ ކޮށްފި އެވެ.
ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ 2010 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 17 ވަނަ ދުވަހުގެ މެންދުރު ފަހު 3:40 އެހައިކަންހާއިރު ހުސައިން ތައުފީގުގެ ގެ ކަމުގައިވާ މ.ޑްރީމީލައިޓް ފުލުހުން ޗެކްކުރި އިރު، އެކޮޓަރި ތެރޭގައި ހުރި ހާޑު ޑިސްކުތަކާއި މޯބައިލް ފޯނަކާއި ސީޑީން އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ފެނިފައިވާކަން ހެކީންގެ ހެކިބަހުން އެނގެން އޮންނަ ކަމަށެވެ.
އެ ހުކުމްގައި ވަނީ އެތަކެތިން ފެނުނު ބައެއް ފޮޓޯ އާއި ވީޑިއޯ އަކީ ޑިލީޓްކޮށްފައިވާ ތަކެތި ކަމަށް އެތަކެތި ތަހުލީލު ކުރި މީހުންގެ ބަހުން އެނގެން އޮންނަ ކަމަށެވެ.
ގާރީ ތައުފީގުގެ މައްޗަށް ބަދުއަޚުލާގީ އަމަލު ހިންގުމުގެ ކުށް ސާބިތުވާ ކަމަށް ވެސް ކްރިމިނަލް ކޯޓުން މިދިޔަ އަހަރު ހުކުމް ކުރިއެވެ. އެހެންނަމަވެސް ދާދި ފަހުން ހައިކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށްފަ އެވެ.