04 Dec 2014, 16:47
އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމަށް ހުޅުމާލޭ އެންދެރި 7 އަހްމަދު ސުލައިމާން އަދި ނައިބު ރައީސް ކަމަށް ގއ. މާމެންދޫ އަޅިވާގޭ އަމްޖަދު މުސްތަފާ ހަމަޖައްސަވައިފިއެވެ.
ކޮމިޝަންގެ ރައީސް ކަމަށް ސުލައިމާން އަދި ނައިބު ރައީސް ކަމަށް އަމްޖަދު ހަމަޖައްސަވާފައި ވަނީ މިއަދު ބޭއްވި ކުއްލި ޖަލްސާއެއްގަ އެވެ.
އެ ދެ ބޭފުޅުންގެ އިތުރުން އެ ކޮމިޝަންގެ މެމްބަރުންގެ ގޮތުގައި ހިމެނިވަޑައިގަންނަވަނީ އިސްމާއީލް ހަބީބު އަބްދުއްރަހީމާއި މުހައްމަދު ޝަކީލެވެ.
އިލެކްޝަންސް ކޮމިޝަންގައި ފަސް މެމްބަރުން ތިބެންޖެހޭއިރު، އެ ކޮމިޝަނުން ހުސްވެފައިވާ މެމްބަރު ކަމުގެ މަގާމަށް ކުރިމަތިލެއްވުމަށް ރައީސް އޮފީހުން ވަނީ އިއުލާން ކޮށްފައެވެ.