04 Dec 2014, 13:44
މުއާސަލާތީ ކުންފުނި، އުރީދޫގެ އެކްސްކްލޫސިވް ބިޒްނަސް ޕާޓްނަރަކަށް ވެސްޓޯ މޮބައިލް ހަމަޖައްސައިފި އެވެ.
އުރީދޫ އިން ބުނީ އެ ޕާޓްނާޝިޕްގެ ދަށުން އުރީދޫގެ ހުރިހާ ޚިދުމަތްތަކެއް މަޖީދީ މަހު ވެސްޓޯ ސްޓައިލް އަދި ލޮނުޒިޔާރަތްމަގުގައި ހުންނަ ވެސްޓޯ 4 އިން ލިބިވަޑައިގަންނަވާނެ ކަމަށެވެ.
އެގޮތުން ޑިސްޓްރިބިއުޝަން ނެޓްވޯކް އިތުރަށް ފުޅާކުރުމުގެ ގޮތުން ވެސްޓޯއާއެކު ވެވުނު ޕާޓްނާޝިޕްގެ ދަށުން ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ވެސްޓޯ އިން އުރީދޫގެ ގިނަ ގުނަ ޚިދުމަތްތައް އެކްސްކްލޫސިވްކޮށް ލިބިގެންދާނެ ކަމަށް އުރީދޫ އިން ބުންޏެވެ.
"އުރީދޫގެ ބިޒްނަސް ޕާރޓްނަރ ވެސްޓޯރއަށް މަރުޙަބާ ކިޔަން، މި ޕާރޓްނަރޝިޕައަކީ އަޅުގަނޑުމެންގެ އިތުރުވަމުންދާ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ހިދްމަތް ފޯރުކޮށްދިނުމަށް އަޅުގަނޑުމެންގެ ޑިސްޓްރިބިއުޝަން ޗެނަލް އަށް ލިބުނު ވަރަށް ބޮޑު ކުރިއެރިމެއް،" އުރީދޫގެ ޗީފް ޓެކްނޮލޮޖީ އޮފިސަރު ސަންޖޭ ވަގާސިޔާ ވިދާޅުވި އެވެ.
ބިޒްނަސް ޕާރޓްނާ އެއްބަސްވުމުގެ ދަށުން، ވެސްޓޯއިން އުރީދޫގެ ހުރިހާ ޚިދުމަތްތަކެއް ލިބިވަޑައިގަންނަވާނެ އެވެ. އޭގެ ތެރޭގައި ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަނެކްޝަންސް، ޑޭޓާ ކަނެކްޝަންސް، ބިލަށް ފައިސާ ނެގުން އަދި ސިމް ބަދަލުކޮށްދިނުން ހިމެނެ އެވެ.