ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް، ނުރަސްމީ ‏‏ދަތުރުފުޅެއްގައި ‏މެލޭޝިޔާއަށް‏ މިރޭ ފުރާވަޑައިގެންފި‏ އެވެ.

ރައީސް އޮފީހުން ބުނީ ރައީސް ޔާމީން މެލޭޝިޔާ އަށް ފުރާވަޑައިގަތީ އެމަނިކުފާނުގެ ދަރިކަލުންގެ ސިއްހީ ފަރުވާ އަކަށް ކަމަށެވެ.

ރައީސްގެ ތަރުޖަމާން އިބްރާހީމް މުއާޒު އަލީ ވިދާޅުވީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ވަކި ދުވަހެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.