މާލެ ގެއެއް ބަލައި ފާސްކޮށް، ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކަކާއެކު ހަރުފައެއް ފުލުހުން އަތުލައިގެންފި އެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މިއަދު 3:00 ހާއިރު ހިންގި އޮޕަރޭޝަނެއްގައި 32 އަހަރުގެ ދިވެއްސަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. ފުލުހުން އަތުލައިގަތް ބަނގުރާ ފުޅިތަކާއި ހަރުފަ ވެސް އަތުލައިގަތީ އޭނާ ދިރިއުޅޭ ގޭގެ ތެރެއިންނެވެ.

ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރި އިރު 95 ފުޅި ބަނގުރާ ފުޅި އާއި ގާތްގަނޑަކަށް ހަތް ފޫޓް ދިގުމިނުގެ ހަރުފައެއްގެ އިތުރުން މަސް މަރާ ދެ ބަޑި ފެނިފައިވެ އެވެ.