03 Dec 2014, 12:26
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ގައުމީ އެއާލައިން، މޯލްޑިވިއަންއިން ދަތުރުކުރުމުގައި އެކިގޮތްގޮތުން އެހީތެރިވުމަށް އެކުންފުނިން ނިންމައިފިއެވެ.
ބައިނަލްއަގުވާމީ ގޮތުން މިއަދު ފާހަގަކުރަމުން އަންނަ ނުޅުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާ ގުޅިގެން "އެހީތެރިޔާ" ގެ ނަމުގައި ތައާރަފް ކުރި އެހިދުމަތާއި ގުޅެގޮތުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިޝް މިއަދު 'ސަން' އަށް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން މޯލްޑިވިއަންގެ ޓިކެޓަކުން 15 ޕަސެންޓް ދިނުމަށް ނިންމާފައިވާއިރު އެފަދަ ފަރާތްތަކުން ދަތުރު ކުރާއިރު ޚާއްސަ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.
"ބުކިން ހަދާއިރު ޚާއްސަ ފެއާއެއް ބޭނުންވާ މީހުންނަށް އެއިންތިޒާމް ހަމަޖައްސައިދޭނެ، އެފަދަ ފަރާތްތަކުން ފުލައިޓުގައި ބައިތިއްބާނީ ސުޕެޝަލް ޝީޓުގައި، ހަމައެހެންމެ އެފަރާތްތަކުން ޗެކިން ކުރުމުގައި ފޮށި އުފުލައި ދިނުމާއި ޓިކެޓު ނަގާއިރު ކިޔޫގައި ނުޖެހި ހިދުމަތް ލިބޭނެ ހިދުމަތްތައް ދެވިގެންދާނެ،" ހާރިޝް ވިދާޅުވިއެވެ.
އެ ޚިދުމަތް ލިބޭނީ ނުކުޅެދުންތެރިކަން ހުންނަ މީހެއްކަން އަންގައިދޭ ކާޑު ލިބިފައިވާ ފަރާތްތަކަށްކަމަށްވެސް ހާރިޝް ވިދާޅުވިއެވެ.