31 Jan 2011, 14:57
މާލެ އާއި އަތޮޅު ތަކުގައި ޑެންގީ ހުން ޖެހޭ ކުދިންނާއި މީހުން މިދުވަސް ވަރު އިތުރު ވަމުންދާ ކަމުގައި ސެންޓަ ފޯ ކޮމިއުނިޓީ ހެލްތު އެންޑް ޑިޒީޒް ކޮންޓްރޯލުން ބުނެފި އެވެ.
އެ ސެންޓަރުން ބުނީ މިއަހަރުގެ މިހާތަނަށް 157 ކުއްޖަކަށް ޑެންގީ ހުން ޖެހިގެން މާލެ އާއި އަތޮޅު ތެރެއިން ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އަދި އޭގެ ތެރޭގައި ފަސް އަހަރުން ދަށުގެ 40 ކުދިން، ހަ އަހަރާއި 15 އަހަރާ ދެމެދު 48 ކުދިން އަދި 15 އަހަރުން މަތީގެ 69 މީހަކު ހިމެނެ އެވެ.
ޑެންގީ ހުން ޖެހިގެން މިދިޔަ އަހަރު ދެ ކުއްޖަކު މަރުވެފައި ވާއިރު މި މުއްދަތުގެ ތެރޭގައި މިދިޔަ އަހަރު ޑެންގީ ހުން ޖެހިފައި ވަނީ 77 މީހެކެވެ.
އަދި މިދުވަސް ވަރު މަދިރި ގިނަވެ ޑެންގީ ހުން ޖެހިގެން އުޅޭ މީހުން އިތުރު ވެފައި ވާތީ މަދިރި އާލާވުމުގެ ފުރުސަތު ކުޑަކުރުމަށްޓަކައި ދިރިއުޅޭ މާހައުލުގައި ފެން ހަރުލާ ގޮތަށް ހުންނަ ތަންތަނާއި ތަކެތި ހުރިތޯ ހަފްތާ އަކު ބަލަން ވާނެ ކަމަށް ވެސް ހެލްތު އެންޑް ޑިޒީޒް ކޮންޓްރޯލުން ބުންޏެވެ.