05 Apr 2010, 11:07
14:30
ކުއްލިއްޔަތުލް ދިރާސަތުލް އިސްލާމިއްޔާ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަންގެ ދަށުން ހިންގާ ފެކަލްޓީއަކަށް ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ހަމަޖައްސައިފި އެވެ.
ސަންއެފްއެމްގެ ބެރޭކިންގް ނިއުސްއަށް ދެއްވި އިންޓަވިއެއްގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. މުސްތަފާ ލުތުފީ މިއަދު ވިދާޅުވީ ކުއްލިޔާ ކޮލެޖްގެ ދަށަށް ގެންދިޔައީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ގަރާރަކުން ކަމަށާއި އަދި އެގޮތަށް އެކަންތައް ހަމަޖެއްސުމަށް ނިންމެވީ ކުއްލިޔާ ގައުމީ ޔުނިވާސިޓީގެ ދަށަށް ގެނައުމަށް އެމްޑީޕީގެ މެނިފެސްޓޯގައި ވެސް ކަނޑައަޅާފައިވާތީ ކަމަށެވެ. އަދި މުސްތަގުބަލުގައި ގައުމީ ޔުނިވާސިޓީ ވެގެންދާނީ ސަރުކާރުގެ ނުފޫޒުން އެއްކިބާވެ، މިނިވަންކަމާ އެކު އިލްމު އުނގަންނައިދޭ ތަނަކަށް ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ. އެހެންކަމުން އެ ތަނުން އަރަބި ތައުލީމް އުގަންނައިދިނުން ވާނީ، ތަފާތު އިލްމުތައް އެއް ކުޑައެއްގެ ދަށުން އުގަންނައިދިނުން ކަމަށާއި މިހާރުވެސް ކުއްލިޔާއިން ހިންގާ ތަފާތު ކޯސްތައް ކުރިއަން އޮތްތާގައިވެސް މެދުނުކެނޑި ކުރިއަށް ގެންދާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ މިބަދަލާ ގުޅިގެން ކުއްލިޔާގައި ވަޒީފާ އަދާކުރަމުންދާ އެއްވެސް މުވައްޒަފެއްގެ ވަޒީފާ ނުގެއްލޭނެ ކަމަށެވެ.