02 Dec 2014, 20:20
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލާގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.
އެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ މއ. ކާމިނީހުޅަނގުބައި އަބްދުﷲ އަލްގީނެވެ. އަލްގީނަކީ ރައީސް ޔާމީންގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅެވެ.
އިމިގްރޭޝަންގެ އިންފޮމޭޝަން އޮފިސަރު ހަސަން ޚަލީލް ވިދާޅުވީ މިއަދު އަލްގީން އޮފީހަށް ނުކުންނަވަން ފައްޓަވާފައިވާ ކަމަށެވެ. އަލްގީނަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ޑިޕާޓްމަންޓް އޮފް މީޓިއޮރޮލޮޖީގެ އެންމެ އިސް ވެރިޔާގެ މަގާމް އަދާކުރައްވާފައިވާ ބޭފުޅެކެވެ.