އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި މެގްނެޓިކް ރެޒޮނަންސް އިމޭޖިން (އެމްއާރްއައި) މެޝިން ބެހެއްޓުމަށް ތިން ބުރީގެ އިމާރާތެއްް ކުރަން އިއުލާންކޮށްފި އެވެ.

ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިއުކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އެ ޕްރޮޖެކްޓްގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 35،000 ރުފިޔާ ހުށަހަޅަންޖެހޭނެ ކަމަށެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 118 ދުވަސް ކަމަށް ވެސް އިއުލާނުގައިވެ އެވެ.

ޕާފޯމަންސް ސެކިއުރިޓީއެއްގެ ގޮތުގައި ފަސް ޕަސެންޓު ހުށަހަޅަންޖެހޭ އިރު އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި އެ މަސައްކަތް ކުރުމަށް ތަކެތި ފޯރުކޮށްދެނީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގަ އެވެ.