01 Dec 2014, 14:36
އެސްޓީއޯ އިން ގަވާއިދާ ޚިލާފަށް އިޝްތިހާރުތަކަކަށް ފައިސާ ދޫކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަން ފަށައިފި އެވެ.
އޭސީސީގެ ރައީސް ހަސަން ލުތުފީ މިއަދު 'ސަން' އަށް ވިދާޅުވީ އެސްޓީއޯ އިން ގަވާއިދާ ޚިލާފަށް އިޝްތިހާރުތަކަކަށް ފައިސާ ދޫކުރި ކަމަށް ބުނެ އެ ކޮމިޝަނަށް މައްސަލައެއް ހުށަހަޅާފައިވާތީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެންނަށް އެ މައްސަލަ ހުށަހެޅިފައިވާތީ އެ މައްސަލަ ބަލަމުން މި އަންނަނީ،" ލުތުފީ ވިދާޅުވިއެވެ.
ލުތުފީ ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާތީ އެކަމާ ބެހޭ އިތުރު ތަފްސީލު ހާމަކުރެވެން ނެތް ކަމަށެވެ.
މިކަމާ ބެހޭ ގޮތުން އެސްޓީއޯގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.