30 Nov 2014, 23:18
ބައެއް މީހުން ޗޮކްލެޓް އަދި އައިސްކްރީމް ފަދަ އެއްޗެހި އަބަދު ކާހިތްވާ ވާހަކަ އަކީ އާންމު ވާހަކައެކެވެ. އެހެން ނަމަވެސް އެމެރިކާގެ އެޕްސޮމް ޓައުންގެ ސުރޭއަށް ނިސްބަތްވާ އުމުރުން 19 އަހަރުގެ ރޯޒީ ސްކިނާ އަކީ މުޅިން އާދަޔާ ޚިލާފު ބާވަތެއް ކަމުގައިވާ ސްޕޮންޖް ކެއުމަށް ދެވި ހިފާފައިވާ ކުއްޖެކެވެ.
އުމުރުން އެންމެ ފަސްއަހަރުން ފެށިން "ސްޕޮންޖް" ކެއުމަށް ދެވި ހިފާފައިވާ މިކުއްޖާ ހަފްތާއަކު ބޮޑު ދެ "ސްޕޮންޖް" ކާލައެވެ. އެގޮތުން ކޮންމެ ސްޕޮންޖެއް ވެސް ކުދި ކުދި ސައިޒަށް ކަފާލުމަށްފަހު މުޅިދުވަހު ހަތަރުދަމު އެ ކެއުމުގައި އުޅެއެވެ. އަދި ކްލާހުގައި ކިޔަވަން ހުންނަ ގަޑިތަކުގައި ވެސް ސްކިނާ "ސްޕޮންޖް" ކާ ކަމުގައި ވެއެވެ.
"އަހަރެން އަބަދުވެސް ތެތް ސްޕޮންޖުން ދުވާ ވަހަށް ލޯބިކުރަން. އަދި ތެތް ސްޕޮންޖުން ދޭ ރަހައިގެ ސަބަބުން އަބަދުވެސް އެ ކާހިތްވޭ. އަހަންނަށް ސިފަވަނީ އެއީ މީރު ކޭކު ކޮޅެއްގެ ސިފައިގައި. އަދި އެއް ދުވަހަކުން އައިސިން އާއި އެކުވެސް އަހަރެން ސްފޮންޖް ކާނަން. ބުރަކޮށް މަސައްކަތްކުރާ ދުވަސްތައް ނިންމާލުމަށް ފަހު ސްޕޮންޖް ކާލުމުން ހިތްހަމަޖެހިގެން ދޭ." ރޯޒީ ސްކީނާ ބުނެފައި ވެއެވެ.
ސްކީނާ ގެ އުމުރުން 13 އަހަރުގައި ބަނޑުގެ އޮޕްރޭޝަނެއް ކޮށް ބޮޑު ބޯޅައެއް ވަރުގެ ސޮޕްންޖް ގަނޑެއް އޭނާގެ ބަނޑުން ނަގާފައި ވެއެވެ.
އެ އޮޕްރޭޝަން ކުރުމަށްފަހު ޑޮކްޓަރުން ވަނީ ސްފޮންޖް ނުކެއުމަށް ސްކީނާ އަށް ނަސޭހަތްތެރިވެފައެވެ. އަދި އޭގެ ފަހުން ސޮޕްންޖް ގަނޑު ދިރުވައިލުމުގެ ބަދަލުގައި ހަފާލާފައި އެއްލާލަނީ ކަމަށް މެޑާވިއާ ނިއުސް އޭޖެންސީ އަށް ދިން އިންޓަވިއުއެއްގައި ސްކީނާ ބުނެފައި ވެއެވެ.
ސްކީނާ އަށް މިހެން ދިމާވަނީ "ޕިކާ"ގެ ނަމުން ނަންދީފައިވާ ނުކުޅެދުންތެރިކަމެއްގެ ސަބަބުންނެވެ. މިބަލި ޖެހުމުން އާންމުކޮށް މީހުން ކެއުމުގައި ބޭނުންނުކުރާ އާދަޔާ ޚިލާފު އެއްޗެހި ކާހިތް ވާނެއެވެ. އެގޮތުން މިއަހަރު ކުރީ ކޮޅު ކިރިގިސްތާނުގައި ވެސް 18 އަހަރުގެ ކުއްޖެއްގެ ބަނޑުން ވަނީ ނުވަ ޕައުންޑްގެ ބަރުދަން ހުރި ބޮޑު އިސްތަށި ބޯޅައެއް ނަގާފައެެވެ.