ފާހާނާ އަދި ބަދިގޭގެ އެކި ސާމާނު ވިއްކަމުން އަންނަ "ނިއުއޭޖް" ކުންފުނީގެ މުޅިން އާ ޝޯރޫމެއް، ޚާއްސަ ޕްރޮމޯޝަނަކާ އެކު "ނިއުއޭޖް އަންލިމިޓެޑް"ގެ ނަމުގައި މިރޭ ހުޅުވައިފި އެވެ.

މަޖީދީމަގު ހެންވޭރު ދަނޑު ކަންމައްޗަށް ވާގޮތައް ހުންނަ ނިއުއޭޖް ފިހާރަ ކުރިމަތީގައި އެ ކުންފުނީގެ އާ ޝޯރޫމް ރަސްމީކޮށް ހުޅުވައިދެއްވީ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމް އެވެ.

ފާހާނާއަށް ބޭނުންވާ ޒަމާނީ އުފެއްދުންތަކާ އެއްކޮށް ހުޅުވި އެ ޝޯރޫމްގެ އޯޕަނިން ޕްރޮމޯޝަންގައި އަގުހުރި އިނާމުތަކެއް ވަނީ ހުށަހަޅާފައެވެ.

އެގޮތުން އެއްވަނަ އިނާމަކަށް ފުރިހަމަ ފާހާނާ ސެޓެއް ލިބޭއިރު ދެވަނަ އިނާމަކަށް ލިބެނީ ވެނިޓީ ސެޓެކެވެ. ތިންވަނަ އިނާމަކަށް ލިބެނީ ޝަވަރ ސެޓެކެވެ. މުޅި ޕްރޮމޯޝަނުން ހޮވާލެވޭ ނަސީބުވެރި 10 ފަރާތަކަށްވެސް ޝަވަރ ސެޓް ލިބޭނެ ކަމަށް ނިއުއޭޖުން ބުންޏެވެ.

ނިއުއޭޖްގެ އޮޕަރޭޝަން އެންޑް މާކެޓިން މެނޭޖަރު އިބްރާހިމް ގާލިބް ވިދާޅުވީ، ނިއުއޭޖް އާއި ނިއުއޭޖް އަންލިމިޓެޑް ފިހާރައިން ކުރާ 1000 ރުފިޔާ އިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ވެސް ނަސީބު ކޫޕަނެއް ލިބޭނެ ކަމަށެވެ.

އެ ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ އަހަރު ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.