30 Nov 2014, 22:34
ކ. މާފުށީ ޖަލުގައި ދެ ގައިދީއެއްގެ ދެމެދުގައި މާރާމާރީ ހިންގައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އިއްޔެ 3:45 ހާއިރު ފުލުހުންނަށް ހުށަހެޅި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ހޯމް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު ތަޒުމީލު އަބުދުއްސަމަދު ވިދާޅުވީ ދެ ގައިދީއެއްގެ ދެމެދުގައި ހިނގި ޒުވާބެއްގައި ކުޑަ ހަމަނުޖެހުމެއް ހިނގި ކަމަށާއި ނަމަވެސް މާބޮޑު މާރާމާރީއެއް ނުހިނގާ ކަމަށެވެ. އަދި ދޭތެރެދޭތެރެއިން އެފަދަ ޒުވާބުތައް ދެގައިދީންގެ ދެމެދުގައި ހިނގާ ކަމަށް ވެސް ތަޒުމީލު ވިދާޅުވި އެވެ.
ތަޒުމީލް ވިދާޅުވީ އެކަން ހިނގާދިޔަ ގޮތް ފުލުހުން މިހާރު ބަލަމުން އަންނަ ކަމަށެވެ. މާރާމާރީ ހިންގި ދެގައިދީންގެ ގޮޅި ވަކި ކުރިކަމެއް ނުވަތަ ނޫން ކަމެއް ސާފެއްނުވެ އެވެ.