30 Nov 2014, 15:10
ވިލިމާލޭ ޕޮލިސް ސްޓޭޝަން ކުރިމަތީގައި އެރަށުގައި އުޅޭ އަންހެން ކުއްޖަކު "މަޖަލަކަށް"ނެގި 'ސެލްފީ'އެއް ފުލުހުން ބަލަން ފަށައިފި އެވެ.
"ސަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ވިލިމާލޭގައި ދިރިއުޅޭ މި އަންހެން ކުއްޖާ، މިދިޔަ ބުދަ ދުވަހު ސެލްފީ ނަގާފައިވަނީ ވިލިމާލެ ޕޮލިސް ސްޓޭޝަން ކުރިމައްޗަށްވާ ގޮތަށެވެ. އަދި ސެލްފީ ނެގުމުގެ ކުރިން ފުލުހުންގެ އިމާރާތަށް ގެއްލުމެއް ދޭނެ ކަމަށް ބުނެ އަމިއްލަޔަށް ނޯޓު ކޮޅެއް ވެސް ލިޔެފައިވެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ، މި މަހުގެ 26ވަނަ ދުވަހު ވިލިމާލެ ޕޮލިސް ސްޓޭޝަނަށް އިންޒާރެއް ދިން މައްސަލަ ފުލުހުން ބަލަމުން އަނަން ކަމަށެވެ. އަދި އިތުުރު ތަފްސީލެއް މިވަގުތު ހާމަކުރެވެން ނެތް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.