ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ބެޑްމިންޓަން އަތޮޅު ލީގާއި ގައުމީ ބެޑްމިންޓަން މުބާރާތުގެ ފުރަތަމަ ޑިވިޝަން އަދި ދެވަނަ ޑިވިޝަންގެ ގިނަ އިވެންޓުތަކެއްގެ ފައިނަލިސްޓުން ކަށަވަރު ވެއްޖެ އެވެ.

ގައުމީ މުބާރާތާއި އަތޮޅު ލީގުގައި ދެ ޖިންސުގެ ސިންގަލްސް، ޑަބަލްސް އަދި މިކްސްޑް ޑަބަލްސް އިވެންޓުތައް މިދިޔަ ހަފްތާގައި ކުރިއަށް ގެންގޮސްފައި ވާއިރު، ގައުމީ މުބާރާތުގައި ފުރަތަމަ ޑިވިޝަންގެ މި ފަސް އިވެންޓުގެ ފައިނަލިސްޓުންވެސް މިހާރު ވަނީ ކަށަވަރު ވެފައެވެ. އެގޮތުން އެއްވަނަ ޑިވިޝަންގެ ފިރިހެން ސިންގަލްސް އިވެންޓުގެ ފައިނަލަށް ހޮވިފައި ވަނީ މުހައްމަދު އަޖުފާން ރަޝީދު އާއި ނަޝީއު ޝަރަފުއްދީން އެވެ. އަދި މި ޑިވިޝަންގެ އަންހެން ސިންގަލްސް އިވެންޓުގެ ފައިނަލްގައި ބައްދަލުކުރުމަށް ހަމަޖެހިފައި ވަނީ އަައިޝަތު އަފްނާން ރަޝީދު އާއި އައިމިނަތު ޝަހުރުނާ އެވެ.

އެއްވަނަ ޑިވިޝަންގެ ފިރިހެން ޑަބަލްސް އިވެންޓުގެ ފައިނަލަށް ހޮވިފައި ވަނީ ނަޝީއު ޝަރަފުއްދީން / މުހައްމަދު ނަޝްފާނު އާއި ހަސަން އަފްޝީން / ހުސެން ރިފާއު އެވެ. އަދި މި ޑިވިޝަންގެ އަންހެން ޑަބަލްސް އިވެންޓުގެ ފައިނަލަށް ހޮވިފައި ވަނީ ނީލާ އަހުމަދު ނަޖީބް / އައިޝަތު އަފްނާން ރަޝީދު އާއި އައިމިނަތު ޝަހުރުނާޒް / މައިސާ ފަތުހުﷲ އެވެ.

އެއްވަނަ ޑިވިޝަންގެ މިކްސްޑް ޑަބަލްސް އިވެންޓުގެ ފައިނަލަށް ހޮވިފައި ވަނީ ހަސަން އަފްޝީން / އައިމިނަތު އަހުމަދު ދީދީ އާއި މުހައްމަދު އަޖްފާން / ނީލާ އަހުމަދު ނަޖީބް އެވެ.

މުބާރާތުގައި ދެވަނަ ޑިވިޝަންގެ އަންހެން ސިންގަލް އިވެންޓުގެ ފައިނަލަށް ހޮވިފައި ވަނީ އައިމިނަތު ނަބީހާ އާއި ފާތިމަތު ނަބާހާ އެވެ. އަދި އަންހެން ޑަބަލްސް ފައިނަލަށް ހޮވިފައި ވަނީ އައިޝަތު ޝަރީފް / ރާބިއާ ނައީމް އާއި ޝިފްނާ ހުސެން / އައިޝަތު އިބްރާހިމް އެވެ. މި ޑިވިޝަންގެ މިކްސްޑް ޑަބަލްސް އިވެންޓުގެ ފައިނަލަށް އިސްމާއިލް ޒުހުރީ / ރާބިއާ ނައީމް އާއި އާސިފް އާދަމް މަނިކް / އައިޝަތު ޝަރީފް ހޮވިފައި ވާއިރު، ފިރިހެން ޑަބަލްސް ފައިނަލަށް ހޮވިފައި ވަނީ އާސިފް އާދަމް މަނިކް / އިބްރާހިމް ޝަރީފް އާއި އިސްމާއިލް ޒުހުރީ / އަލީ އަބްދުﷲ އެވެ. މި ޑިވިޝަންގެ ފިރިހެން ސިންގަލްސް އިވެންޓުގެ ސެމީފައިނަލް ދެ މެޗު ކުޅެން ހަމަޖެހިފައި ވަނީ މިރޭއެވެ.

އަތޮޅު ލީގުގައި ފިރިހެން ސިންގަލްސް އިވެންޓުގެ ފައިނަލިސްޓުންނަށް ހުސެން މުހައްމަދު އާއި އަބްދުﷲ މަތީއު ހޮވިފައި ވާއިރު، ލީގުގެ އަންހެން ސިންގަލްސް އިވެންޓުގެ ފައިނަލަށް ހޮވިފައި ވަނީ އައިޝަތު އިބްރާހިމް އާއި ޝިފްނާ ހުސެން އެވެ. އަދި ފިރިހެން ޑަބަލްސް އިވެންޓުގެ ފައިނަލަށް އިބްރާހިމް ނަޝީދު / އަހުމަދު ޝިފާއު އާއި ސައުދުﷲ އިބްރާހިމް / އިބްރާހިމް މުހައްމަދު ހޮވިފައި ވާއިރު، އަންހެން ޑަބަލްސް ފައިނަލަށް ހޮވިފައި ވަނީ އައިޝަތު އިބްރާހިމް / ޝިފްނާ ހުސެން އާއި އާސިމާ މުހައްމަދު / އައިމިނަތު އަގްލީމާ އެވެ.

އަތޮޅު ލީގުގެ މިކްސްޑް ޑަބަލްސް އިވެންޓުގެ ފައިނަލަށް ހޮވިފައި ވަނީ އަހުމަދު ޝިފާއު / ޝިފްނާ ހުސެން އާއި މުހައްމަދު ފަޒީލް / އާސިމާ މުހައްމަދު އެވެ.