29 Nov 2014, 20:51
އަލިކިލޭގެފާނު މަގު ސިޓީ ޕާކް ކައިރީ ހުންނަ ސަލާހުއްދީން މިސްކިތުގައި އަންހެނުން ނަމާދުކުރާ ބައިން ފޯނެއް ވަގައިގެން ފިލަންދުވަނިކޮށް މީހަކު ހައްޔަރުކޮށްފިއެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން މަންޒަރު ދުށް މީހަކު ބުނީ މަޣުރިބުނަމާދު ނިމުނުފަހުން 6:45 އެހައިކަންހާއިރު ސަލާހުއްދީން މިސްކިތުގެ އަންހެނުން ނަމާދު ކުރާ ބައިން ފޯނެއް ވަގަށް ނަގައިގެން ޒުވާނަކު ފިލަން ދުވަނިކޮށް އާންމުންގެ ބަޔަކު އޭނާ ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސަލާހުއްދީން މިސްކިތުގައި އަންހެނުން ނަމާދުކުރާ ބައިން ފޯނެއް ވަގަށް ނެގި މައްސަލައާ ގުޅިގެން 22 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.