މިސުރުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެ ގައުމުގައި ތިބި ދިވެހި ކިޔަވާ ކުދިންނަށް އެއްވެސް ދައްޗެއް މިހާތަނަށް ކުރިމަތިވެފައި ނުވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓްރީން ނެރުނު ޕްރެސް ރިލީޒެއްގައި ބުނެފައި ވަނީ މިސުރުގައި ތިބި ދިވެހި ކިޔަވާ ކުދިންނަށް އެއްވެސް ނުރައްކަލެއް އަދި ދިމާވެފައި ނުވާ ކަމަށާއި ހުރިހާ ކުދިންވެސް ތިބީ ހެޔޮ ހާލުގައި ކަމަށެވެ.

"އެއްވެސް ހާލަތެއްގައި އެކުދިން މިސުރުން ބާލަންޖެހިއްޖެއްޔާ، ސަލާމަތްތެރިކަމާއެކީ ރަޙުމަތްތެރި ޤައުމުތަކުގެ އެހީއާއެކީ އެކަން ފަހިކޮށްދެވޭތޯ ސަރުކާރުންވަނީ މަސައްކަތް ފައްޓަވާފައެވެ،" ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން މިނިސްޓްރީން ވަނީ މިޞްރުގައި ތިބި ދިވެހި ކިޔަވާކުދިންގެ ހާލުބެލުމަށްޓަކާ ހާއްސަ ހޮޓްލައިނެއް ވެސް ގާއިމްކޯށްފަ އެވެ. ކިޔަވާ ކުދިންގެ ހާލު ބެލުމަށް ފޮރިން މިނިސްޓްރީން ގާއިމު ކުރި ހޮޓްލައިންގެ 0009607794601 އެވެ.