31 ޖެނުއަރީ 1954- ރާއްޖޭގައި އަލުން ރަސްކަމެއް ގާއިމު ކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުން އާ ގާނޫނު އަސާސީއެއް ފާސް ކުރި އެވެ.

31 ޖެނުއަރީ 1962- ހުވަދު އަތޮޅު ބަޣާވާތް ހަމަޖައްސައި ދެވަނަ ފަހަރަށް ދިވެހި ދައުލަތުގެ ބާރުދަށަށް ހުވަދު އަތޮޅު ގެނަ އެވެ.

31 ޖެނުއަރީ 1963- އަތޮޅުތަަކުން މާލެއަށް ގެންނަ ހިކި ލޮނުމަސް ގަންނަން ބޭނުން ކޮންމެ ފަރާތަކަށް ވިއްކުމުގެ ހުއްދަ ސަރުކާރުން ދިނެވެ.

31 ޖެނުއަރީ 1971- ދުވަހު ނޫސް މޫންލައިޓް ނެރެން ފެށި އެވެ.

31 ޖެނުއަރީ 1993- ރަމަޟާން މަހު މޮރޮކޯގައި ތަގުރީރުކޮށްދެއްވަން އެ ގައުމަށް ވަޑައިގަތުމަށް އެ ގައުމުގެ ރަސްގެފާނު ރައީސް މައުމޫނަށް ދައުވަތު ދެއްވި އެވެ.

31 ޖެނުއަރީ 1998- މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ ހަތަރުވަނަ ފިޔަވައްސަށް އޯޕެކް ފަންޑުންދޭ 1.5 މިލިޔަން ޑޮލަރުގެ ލޯނު އެއްބަސްވުމުގައި ސޮއިކުރި އެވެ.

-- މައުލޫމާތު ގަރުނުގެ ފޮތް، އަދި ސަން އާކައިވްސް