29 Nov 2014, 12:33
ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނަށް ގެނެސްފައިވާ ބަދަލުގެ ދަށުން އަމިއްލަ ފަރުދުންގެ ވިޔަފާރިތައް ރަޖިސްޓްރީ ކުރުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީން ފަށައިފި އެވެ.
އެ މިނިސްޓްރީގެ އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވީ، ވިޔަފާރި ގާނޫނަށް ގެނައި ބަދަލާއެކު ކުރިން ލޯކަލް އިންވެސްޓްމަންޓް ގެ ގޮތުގައި ރަޖިސްޓްރީ ކޮށްގެން ވިޔަފާރި ކުރަމުން އައި ފަރާތްތަކަށް އަލުން ވިޔަފާރި ރަޖިސްޓްރީ ކުރަން ލާޒިމްކުރާ ކަމަށެވެ.
އެގޮތުން އައިޑީ ކާޑާއެކު ކަލާފާނު ސްކޫލްގައި ރަޖިސްޓްރީ ކުރާ ހޯލަށް އައުމުން ވަގުތުން ރަޖިސްޓްރީ ކޮށްދިނުމަށްފަހު ސެޓްފިކެޓް ވެސް ލިބޭނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"އަމިއްލަ ފަރުދުންގެ ވިޔަފާރި ބިލު" ފާސްކޮށްފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 27ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ އަށް ވަނަ ޖަލްސާގަ އެވެ.
ކަލާފާނު ސްކޫލްގައި ވިޔަފާރި ރަޖިސްޓްރީ ކުރުން ކުރިއަށްދާނީ މިއަދު ހަވީރު 5:00 ގެ ނިޔަލަށެވެ.