29 Nov 2014, 09:49
އދ. މަހިބަދޫ ކައުންސިލުން އިންތިޒާމް ކޮށްގެން 12 ވަނަ މަހިބަދޫ ޒުވާނުންގެ ފުޓުބޯޅަ މުބާރާތް ފަށައިފި އެވެ.
މިދިޔަ އަންގާރަ ދުވަހު ފެށި މުބާރާތުގައި ހަތް ޓީމަކުން ބައިވެރިވެފައިވެ އެވެ. މަހިބަދޫގައި ކުރިއަށްދާ މުބާރާތުގައި ބައިވެރިވެފައި ވަނީ ޖިބިއްލި އާއި ޓޮޓާ އާއި ގުންބާ އާއި އެކްސްޕްރެސް އާއި ސްޕޯޓިން އަޒިއޮން އާއި ސަހަރާ އަދި އެންޓީ ޔުނައިޓެޑެވެ.
ކޮންމެ ދުވަހެއްގެ ހެނދުނާއި ހަވީރު މެޗެއް ކުޅެމުން އަންނަ އެ މުބާރާތުގައި ރަށުން ބޭރު 21 ކުޅުންތެރިންތެރިންނާއި އެއް ބިދޭސީ ކުޅުންތެރިން ކުޅެއެވެ.
އެ މުބާރާތުގައި ހުކުރު ދުވަހު ހެނދުނު ކުޅުނު މެޗުގައި ބައްދަލު ކޮށްފައިވަނީ އެންޓީ އާއި ސަހަރާ އެވެ. އެ މެޗުން 0-2 ލަނޑުން ސަހަރާ މޮޅުވިއިރު އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޓީމު މުހައްމަދު ޖުނައިދެވެ.
ހުކުރު ދުވަހު ހަވީރު ކުޅުނު މެޗުގައި ގުންބާއާއި ޖިބިލި ބައްދަލު ކުރި އިރު އެ މެޗުން 0-1 ލަނޑުން މޮޅުވީ ޖިބިލި އެވެ. އެ މެޗުގެ މޮޅު ކުޅުންތެއަކަށް ހޮވވުނީ އެ ޓީމުގެ ގާސިމް ޝަމާން އެވެ.
މުބާރާތް ކާމިޔާބު ކުރާ ޓީމަކަށް 15،000 ރުފިޔާގެ އިނާމެއް ހުށަހަޅާފައިވެ އެވެ.