26 Nov 2014, 19:09
ޗެންޕިއަންސް ލީގުގައި ރޭ ބާސެލޯނާ އާއި އެޕޮއެލް ބައްދަލުކުރި މެޗުގައި، މެސީ ކާމިޔާބު ކުރި ތިން ލަނޑާއެކު ޗެންޕިއަންސް ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް އޭނާ މުގުރާލައިފި އެވެ.
މި މެޗު 4-0 ގެ ނަތީޖާއަކުން ބާސާ ކާމިޔާބު ކޮށްފައި ވާއިރު، މެޗުގެ ފުރަތަމަ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ ލުއިސް ސުއަރޭޒް އެވެ. މެސީގެ ފުރަތަމަ ލަނޑު މެޗުގެ 38 ވަނަ މިނެޓުގައި ފެނިގެން ގޮސްފައި ވާއިރު، މި ލަނޑާއެކު އޭނާ ވަނީ ޗެންޕއަންސް ލީގުގައި މުޅިއެކު 72 ލަނޑު ކާމިޔާބުކޮށް، ރައުލް ގޮންޒާލެޒްގެ 71 ލަނޑުގެ ރެކޯޑް މުގުރާލާފައެވެ.
މި ލަނޑާއެކު ފުޓްބޯޅައިގެ ދުނިޔޭގައި އޭނާއާ އެންމެ ގާތުން ވާދަ ކުރާ ކްރިސްޓިއާނޯ ރޮނާލްޑޯއަށް ވުރެ ދެ ލަނޑު އޭނާ ވަނީ ކުރިއަށް ޖެހިލާފައެވެ. ޗެންޕިއަންސް ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ތިންވަނައިގައި އޮތް ރޮނާލްޑޯއަށް މިހާތަނަށް އެ ލީގުގައި ކާމިޔާބު ކުރެވިފައި ވަނީ މުޅިއެކު 70 ލަނޑެވެ.
ރޭގެ މެޗުގައި މެސީ އޭނާގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްފައި ވަނީ މެޗުގެ 58 ވަނަ މިނެޓުގައެވެ. އަދި މެޗުގެ 87 ވަނަ މިނެޓުގައި މެސީ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައި ވާއިރު، މި ދެ ލަނޑާއެކު އޭނާ ވަނީ ރޮނާލްޑޯ އާއި އޭނާއާ ދެމެދު އޮތް ފަރަގު ހަތަރު ލަނޑަށް ފުޅާކޮށްފައެވެ.
ޗެންޕިއަންސް ލީގުގައި މެސީގެ ރެކޯޑް 74 ލަނޑު އޭނާ ކާމިޔާބު ކޮށްފައި ވަނީ ބާސާއަށް އޭނާ ކުޅެދިން 91 މެޗުގައެވެ. ރޮނާލްޑޯގެ 70 ލަނޑު އޭނާއަށް ކާމިޔާބު ކުރެވިފައި ވަނީ ޗެންޕިއަންސް ލީގުގެ 106 މެޗުގެ ތެރޭން ކަމަށް ވާއިރު، ރާ