30 Jan 2011, 15:00
ދިވެހި ރާއްޖެ ސިޔާސީ ގުޅުން ގާއިމު ކުރި 156 ވަނަ ގައުމުގެ ގޮތުގައި ލިކްޓެންސްޓައިންއާއެކު ސިޔާސީ ގުޅުން ގާއިމްކޮށްފި އެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ދެ ގައުމުގެމެދުގައި ސިޔާސީ ގުޅުން ގާއިމު ކުރީ މިއަދު ދެ ގައުމުން އދ. އަށް ކަނޑައަޅާފައިވާ މަންދޫބުން ލިޔެކިޔުން ބަދަލު ކުރުމާއެކު ކަމަށެވެ.
ތިރީސް ފަސްހާ މީހުންގެ އާބާދީއެއް އޮންނަ ލިކްޓެންސްޓައިންއަކީ އޮސްޓްރިއާ އާއި ސްވިޒަލޭންޑުގެ ކައިރިގައި އޮންނަ ވަރަށް ކުޑަ ގައުމެކެވެ. ގައުމެކެވެ. އެހެންނަމަވެސް ހުޅަނގު ޔޫރަޕްގެ މި ގައުމް ޖީޑީޕީގެ ނިސްބަތުން ދުނިޔޭގެ މުއްސަނދި ގައުމުތަކުގެ ތެރޭގައި ހިމެނެ އެވެ.