Last Updated:
1 decade 12 month ago

ފުލުހުން ސިޓީ ކައުންސިލަށް ވަދެ ލިޔެކިޔުންތަކެއް ގެންގޮސްފި

    ބުލޮގު ޚުލާސާ
    މާލޭ ސިޓީ ކައުންސިލްގެ އިދާރާ ތެރެއަށް ފުލުހުން ވަދެއްޖެ އެވެ.

    ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މާލޭ ސިޓީ ކައުންސިލްގެ އިދާރާގެ ތެރޭގައި ފުލުހުން މިހާރު ހަރަކާތްތެރިވާ ކަމަށެވެ. އެހެންނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ވިދާޅެއް ނުވެއެވެ.

    މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު ޝިފާ މުހައްމަދު މިރޭ ސަން އަށް ވިދާޅުވީ އެ ކައުންސިލްގެ ބިމާ ބެހޭ ސެކްޝަން ފުލުހުން ބަލައި ފާސްކުރަމުން އަންނަ ކަމަށާއި ފުލުހުން ތަހުގީގު ކުރަންޖެހޭ ވަރުގެ ކަމެއް އޮންނާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

    އޭނާ ވިދާޅުވީ ފުލުހުން މައްސަލައެއް ތަހުގީގުކުރާނަމަ އެ ފުރުސަތުދޭނެ ކަމަށާއި އެހެންނަމަވެސް ހިތާމައަކީ ބަލައިފާސްކުރުމުގެ ކުރިން މޭޔަރަށް އެކަން އަންގަވާފައިނުވުން ކަމަށެވެ.

    ބަލައިފާސްކުރުމުގެ ކުރިން ފުލުހުން އެކަން އަންގާފައި ވަނީ ސެކްރެޓަރީ ޖެނެރަލް މުހައްމަދު އަންވަރު އާއި ޑިރެކްޓަރު ޖެނެރަލް އަބްދުލް ހަމީދަށް ކަމަށް ވެސް ޝިފާ ވިދާޅުވިއެވެ.

    އޭނާ ވިދާޅުވީ ސިޓީ ކައުންސިލްގެ އެއްވެސް ކަމަކާ ގުޅިގެން އެއްވެސް ފަރާތަކުން އެ ކައުންސިލަށް މައްސަލައެއް ހުށަހަޅާފައިނުވާ ކަމަށެވެ.

    01:56ސަމާއު ޝަރީފް، ކައުންސިލަރު

    ސިޓީ ކައުންސިލުން ޕްލޭން ހެދުމަށް ބޭނުންކުރި ކޮމްޕިއުޓަރު ސިސްޓަމްތައް ވެސް ވަނީ ގެންގޮސްފައި. އެއީ ވަރަށް ގިނަ ޚިދުމަތްތައް ދިނުމަށް ބޭނުންކުރާ ކޮމްޕިއުޓަރު ސިސްޓަމްތަކެއް. މާދަމާ އެ ސެކްޝަންގެ މަސައްކަތް މުޅިން ހުއްޓޭނެ.
    01:52ޕޮލިސް

    ސިޓީ ކައުންސިލްގެ މުވައްޒަފުން އެތަނުގެ ލިޔުންތަކެއް ނާޖާއިޒު ގޮތުގައި ބޭނުންކުރާތީ އެ ލިޔުންތައް ވަނީ ނަގާފައި
    01:43ޝިފާ މުހައްމަދު، ޑެޕިއުޓީ މޭޔަރު

    ފުލުހުން ގެންދެވީ އަޅުގަނޑުމެން އެ ސަރަހައްދުގެ ރައްޔިތުންނަށް ފަސް ބުރިއަށް އަދި 10 ބުރިއަށް ގެދޮރު ހެދޭނެ ގޮތަށް ތައްޔާރުކޮށްފައިވާ ޕްލޭނެއްގެ ލިޔެކިޔުންތައް
    01:40ޝިފާ މުހައްމަދު، ޑެޕިއުޓީ މޭޔަރު

    ފުލުހުން ގެންދެވީ އަޅުގަނޑުމެން ހެންވޭރުގެ ރައްޔިތުންނަށް ގެދޮރު ބިނާ ކުރުމަށް ސިޓީ ކައުންސިލުން މަސައްކަތް ކުރަމުން ގެންދިޔަ ޕްރޮޖެކްޓެއްގެ މައުލޫމާތު.
    01:30ޝިފާ މުހައްމަދު، ޑެޕިއުޓީ މޭޔަރު

    ގާނޫނާ ގަވާއިދާ ޚިލާފަށް މިތަނުގައި އެއްވެސް ކަމެއް އަޅުގަނޑުމެން ނުކުރަން
    01:18
    01:13

    އެ އަމުރުގައިވާ ގޮތުން، އެ އަމުރުގެ ދަށުން ރޭގަނޑު 12:00 އާއި ހެނދުނު 6:00އާ ދެމެދު ބަލައި ފާސްކޮށްގެން ނުވާނެ އެވެ.
    01:12

    ކޯޓު އަމުރުގައިވާ ގޮތުން ފުލުހުންނަށް އެތަން ބަލައި ފާސްކުރެވޭނީ ބަލައި ފާސްކުރާ ވަގުތުން ފެށިގެން 12 ގަޑިއިރު ވަންދެން.
    01:06

    މާލޭ ސިޓީ ކައުންސިލްގެ އިދާރާ ބަލައި ފާސްކުރަން ނެރެފައިވާ ކޯޓު އަމުރުގައި ވަނީ އެތަނަށް ފުލުހުން ވަދެފައި ވަނީ ރާއްޖޭގެ ބިމާ ބެހޭ ގާނޫނުގެ ދަށުން ހައުސިން މިނިސްޓްރީން އެކުލަވާލަމުން ގެންދާ ރާއްޖޭގެ ބިމުގެ ދަފްތަރުގެ މަސައްކަތުގެ ތެރެއިން މޯލްޑިވްސް ސާވޭ އޮތޯރިޓީން މާލޭ ސިޓީ ކައުންސިލަށް ފޮނުވާފައިވާ ޕީޑީއެފް ފައިލްތަކުގެ މައުލޫމާތު މާލޭ ސިޓީ ކައުންސިލްގައި މަސައްކަތްކުރާ ބަޔަކު އެ މައުލޫމާތުތައް އެހެންފަރާތަކަށް ހިއްސާކޮށް ނާޖާއިޒުފައިދާ ތަކެއް ނަގަމުންދާ މައްސަލައާ ގުޅިގެން ހެކި ގަރީނާ ހޯދުމަށާއި އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމަށް ކަމަށެވެ.
    01:03

    މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު ޝިފާ މުހައްމަދު ސިޓީ ކައުންސިލްގެ އިދާރާ ތެރެއަށް ވަދެވަޑައިގެންފި
    00:57
    00:55
    00:55
    00:37

    މިހާރު ސިޓީ ކައުންސިލް ކައިރިއަށް އެއްވި 200 ވަރަކަށް މީހުން އެތަނުން ގޮސްފި. މިހާރު 50 ވަރަކަށް މީހުން އެސަރަހައްދުގައި ހަރަކާތްތެރިވަމުން އެބަދޭ
    00:30
    00:12

    މާލޭ ސިޓީ ކައުންސިލްގެ އިދާރާ ކުރިމައްޗަށް ބަޔަކު އެއްވެ އަޑުއުފުލަން ފަށައިފި