25 Nov 2014, 19:32
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި އެ ކުންފުނިން ސޭލެއް ފަށައިފި އެވެ.
އެސްޓީއޯ ހޯމް އިމްޕުރޫވްމަންޓުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސްޓީއޯގެ، ޕިލިޕުސް ބުރޭންޑު މެނޭޖާ އައިމިނަތު ޝިރުފާ ވިދާޅުވީ "އެސްޓީއޯ 50th އެނިވާރސަރީ ސޭލް"ގެ ނަމުގައި އެސްޓީއޯގެ ހުރިހާ ފިހާރަތަކުން ކުރިއަށްގެންދާ އެ ސޭލުން ހަދިޔާގެ ގޮތުގައި އަގުހުރި އިނާމްތަކެއް ލިބިގެންދާނެ ކަމަށެވެ.
"މިސޭލްގެ ތެރެއިން ޖުމުލަ 50 ނަސީބުވެރިން ހޮވުމަށް ނިންމާފައިވާއިރު 20،000 ރުފިޔާގެ އަގުހުރި އިނާމް ލިބިގެންދާނެ. އަދި ގްރޭންޑް ވިނާއަކަށް 200،000 ރުފިޔާގެ އަގު ހުރި އިނާމް ދެވިގެންދާނެ،" ޝިރުފާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެ ސޭލުގައި ހޯމްއިމްޕުރޫވްމަންޓުން ވިއްކާ ބައެއް ތަކެތިން 20 ޕަސެންޓާއި 25 ޕަސެންޓުގެ ޑިސްކައުންޓު ލިބިގެންދާނެ ކަމަށެވެ.
އެސްޓީއަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދާ ސޭލް، މިއަދުން ފެށިގެން އަންނަ މަހުގެ 31ގެ ނިޔަލަށް ކުރިއަށް ގެންދާނެ އެވެ.