ގއ. ދެއްވަދުއަށް ހިލަ ހިފައިގެންދިޔަ އެމްޓީސީސީގެ ބާޖެއް އެރަށު ބަނދަރު ތޮއްޓަށް އަރައިފި އެވެ.

މިވަގުތު ދެއްވަދޫގައި ހުރި އެއަތޮޅު ގައްދޫ ރައްޔިތެއްކަމަށްވާ އަހުމަދު އާތިފް މިއަދު 'ސަން'އަށް ވިދާޅުވީ، އެމްޓީސީސީން އެރަށުގައި ހަދަމުންދާ ބަނދަރުގެ ބޭރު ތޮއްޓަށް އެމްޓީސީސީގެ އެ ބާޖް އަރާފައިވަނީ މިއަދު 3:30 ހާކަންހާއިރު ކަމަށެވެ.

"ތޮއްޓަށް ބާޖު އެރިގޮތަށް އޮތީ. އެ ބާޖުގައި ގިނަ އަދަދަކަށް ހިލަ ބަރުކޮށްފައި އެބަހުރި،" އެރަށުން މައުލޫމާތު ދިން މީހަކު ބުންޏެވެ.

ދެއްވަދޫ ކައުންސިލްގެ ނައިބް ރައީސް ހުސެއިން އިބްރާހިމް މިއަދު ވިދާޅުވީ، އެބާޖު އެރުމުގެ ސަބަބުން އެރަށު ބަނދަރުގެ ތޮއްޓަށް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ވެފައިވާއިރު ބާޖު ފުންކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.