25 Nov 2014, 11:49
ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލު ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު ޒަހަމްކޮށްލި މައްސަލައާ ގުޅިގެން ތިން މީހަކު ހޯދަން އިއުލާންކޮށްފި އެވެ.
ފުލުހުން ބުނީ މިމަހުގެ 16 ވަނަ ދުވަހު ހިންގި މާރާމާރީއާ ގުޅިގެން ހޯދަމުން ދަނީ ހ.ރޯޒަންޑޭލް ޝައިބާން ޒުފުރަތު އިސްމާޢީލް 18، އާއި ގދ.ގައްދޫ، ދަނބުފަށުއިގެ އުލްޔާން އަހުމަދު 19، ގެ އިތުރުން ގއ.ދާންދޫ، ފަހުދާވާދީ ފައްސާން ވަލީދު 19، ކަމަށެވެ.
އެ ތިން މީހުން ހޯދަން އިއުލާން ކުރީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ފުލުހުން ހާމައެއްނުކުރެ އެވެ.
ނަމަވެސް ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ތިން މީހުން ހޯދަމުން ދަނީ ބިލަބޮންގް ތެރޭ ހިންގި މާރާމާރީއާ ގުޅިގެންނެވެ. އެ މައްސަލައާއި ގުޅިގެން މީގެ ކުރިން ވެސް ވަނީ މީހަކު ހައްޔަރުކޮށްފަ އެވެ.