25 Nov 2014, 11:40
ހުއްދަނެތި ގެއަކަށް ވަދެގަތް ތިން މީހަކު ހަތަރު މަހަށް ޖަލަށްލުމަށް ހުކުމް ކޮށްފިއެވެ.
އެ ހުކުމް ކޮށްފައި ވަނީ މއ. ކެލާގެއާގޭ އަހްމަދު ޝާހު އާއި ހ. ފެހިބިން އިބްރާހީމް އުނައިސް އާއި ސ. ހިތަދޫ ރޯޝަނީގޭ މުހައްމަދު ޝަމްއޫން ހަސަންގެ މައްޗަށެވެވެ.
ކްރިމިނަލް ކޯޓުން އާދީއްތަ ދުވަހު ކުރި ހުކުމްގައި ވަނީ 2012 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހުގެ ހަވީރު 4:35 އެހައިކަންހާއިރު މ. މުސްތަފާއާބާދު ގެއަށް އެގޭގެވެރިފަރާތުގެ ހުއްދައާ ނުލައި ވަދެފައިވާކަމަށް އެ ތިން މީހުން ވެސް ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފުވެފައިވާ ކަމަށެވެ. އެހެންކަމުން ދައުލަތުން އެ ތިން މީހުންގެ މައްޗަށް ކުރި އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް އެ ހުކުމްގައި ވެއެވެ.
މިއީ އެ ތިން މީހުންގެ މައްޗަށް އެފަދަ ކުށެއް ސާބިތުވި ފުރަތަމަ ފަހަރު ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.