ނޭޕާލުގައި ބާއްވާ 18 ވަނަ ސާކް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރަހީމް ނޭޕާލަށް ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ނޭޕާލަށް ފުރާވަޑައިގަތީ މިރޭގެ ވަގުތެއްގައި ކަމަށެވެ.

މިއަހަރުގެ ސާކް ސަމިޓު އޮންނާނީ، މިމަހު 26 އިން 27 އަށް ނޭޕާލްގެ ކަތުމަންޑޫގައެވެ.