މިއަހަރުގެ ޑިސެމްބަރު މަހު ދިވެހިރާއްޖޭގެ ހައިކޯޓު ރިސެސްއަށް ދާން ނިންމައިފި އެވެ.

ހައިކޯޓުން މިއަދު ބުނީ އެކޯޓުން ރިސެސް އަށް ދާނީ ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކަމަށެވެ.

އެ ކޯޓުން ބުނީ، ރިސެސްގެ މުއްދަތުގެ ތެރޭގައި ޢާއްމުކޮށް މައްސަލަ ހިންގުން ފިޔަވައި، ކޯޓަށް މައްސަލަ ހުށަހެޅުމާއި، ރަޖިސްޓްރީ ކުރުމާއި، ރިޕޯޓުދޫކުރުމާއި، ލިޔުން ދޫކުރުންފަދަ، އެހެނިހެން ކަންކަން ކުރަމުންދާނެ ކަމަށެވެ.