މޯލްޑިވްސް ޗެސް ފެޑެރޭޝަން އާއި އެސްޓީއޯ އިން އިންތިޒާމް ކޮށްގެން ބާއްވާ ފުރަތަމަ ގައުމީ އީއެލްއޯ ޗެސް ޓޯނަމެންޓް މިރޭ ފަށައިފި އެވެ.

މިރޭ ފެށި ގައުމީ ޗެސް މުބާރާތުގެ ތެރެއިން---ސަން ފޮޓޯ:އަހުމަދު ޖައިޝަން

ދަރުމަވަންތަ ސްކޫލުގައި ފެށި އެ މުބާރާތުގައި ޖުމްލަ 20 ކުޅުންތެރިއަކު ވާދަކުރެ އެވެ. އޭގެ ތެރޭގައި ފިރިހެން 17 ކުޅުންތެރީންނާއި އަންހެނުން ތިން ކުޅުންތެރިއަކު މުބާރާތުގައި ވާދަކުރެ އެވެ.

މިމަހުގެ 30 އާ ހަމައަށް ކުރިއަށްގެންދާ އެ މުބާރާތުގައި ކޮންމެ ރެއަކުވެސް މެޗުތައް ކުޅޭނެއެވެ. އެ މުބާރާތުގައި ކޮންމެ ރެއަކު 20 ކުޅުންތެރިން ޖޯޑުތަކަށް ބަހާލުމަށްފަހު 10 މެޗު ކުޅޭނެ އެވެ.
މިރޭ ފެށި ގައުމީ ޗެސް މުބާރާތުގެ ތެރެއިން---ސަން ފޮޓޯ:އަހުމަދު ޖައިޝަން

ކޮންމެ ރެއަކު އެގޮތަށް ބައްދަލު ކުރާއިރު ކޮންމެ ކުޅުންތެރިއަކު ނުވަ މެޗު ކުޅޭނެ އެވެ. މުބާރާތް ކުރިއަށް ގެންދަނީ ހުރިހާ މެޗުތައްކުޅެ ނިމޭ އިރު ތާވަލުގެ އެންމެ ކުރީގައި އޮންނަ ކުޅުންތެރިއަކަށް މުބާރާތުގެ ޗެމްޕިއަންކަން ލިބޭ ގޮތަށެވެ.

އީއެލްއޯ ޗެސް ޓޯނަމެންޓްގެ ފުރަތަމަ މެޗް ބައްލަވައިލެއްވުމަށް މިރޭ އެސްޓީއޯގެ ޖެނެރަލް މެނޭޖަރު މަރިޔަމް ޕަރްވީން ދަރުމަވަންތައަށް ވަޑައިގަތެވެ.