23 Nov 2014, 22:40
ފާނަ މަސްވެރިކަމަށް ގޮސް އުޅުނު ދޯންޏެއްގެ ތެރޭގައި ހިނގި ހާދިސާއެއްގައި 27 އަހަރުގެ ޒުވާނެއްގެ ފަޔަށް ސީރިއަސް ޒަޚަމްތަކެއް ވުމުން އޭނާއަށް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފި އެވެ.
އެ ހާދިސާ އާއި ގުޅޭގޮތުން "ސަން" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު ހަވީރުގެ ވަގުތެއްގައި "އަތުރުގާ" ނަމަކަށް ކިޔާ އދ. އަތޮޅުގެ ފަޅުރަށެއް ކައިރީ އޮތް ދޯންޏެއްގެ ވީލް ހައުސް މައްޗަށް އަރަން އުޅެނިކޮށް މީހެއްގެ މީހެއްގެ ކަނކުލަށް ބިއްލޫރި ގަނޑެއް ހެރުނު ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާ އެކު ޕޮލިސް ލޯންޗެއް ގައި ވަގުތުން އޭނާ އދ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ.
މީޑިއާ އޮފިޝަލް ވިދާޅުވީ އެމީހާގެ ފައިގެ ލޭ މަނާނުވެގެން މާލެ ފޮނުވާލުމަށް ޑޮކްޓަރު ލަފާދިނުމުން 19:45 އެހައިކަންހާއިރު އަތޮޅު ހޮސްޕިޓަލް ލޯންޗުގައި އޭނާ މާލެ ގެނެސްފައިވާ ކަމަށެވެ.