އައިޖީއެމްއެޗްގެ ދެ މުވައްޒަފެއްގެ މެދުގައި މާރާމާރީ ހިންގައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މާރާމާރީ ހިންގި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ މިއަދު ހަވީރު 4:50 އެހައިކަންހާއިރު ކަމަށެވެ.

އެ މައްސަލައާ ގުޅިގެން 21 އަހަރުގެ ބިދޭސީ ފިރިހެނަކާއި 50 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މިކަމާ ބެހޭގޮތުން އައިޖީއެމްއެޗްގެ ބަހެއް އަދި ވަނީ ލިބޭގޮތްނުވެފައެވެ.